ދުނިޔޭގެ ވިޔަފާރި

ކެނެޑާގެ ބަޖެޓް ޑެފިސިޓް އިތުރުވެއްޖެ


މިހިނގާ ކެނެޑާގެ މާލީ އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި 127.91 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓް ޑެފިސިޓް ރެކޯޑްކޮށްފައިވާކަމަށް ކެނެޑާގެ މާލީ ވުޒާރައިން ބުނެފިއެވެ.

މި ހިނގާ މާލީ އަހަރާއި އަޅާބަލާއިރު، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ރެކޯޑްކޮށްފައިވަނީ 72.25 ބިލިއަން ސިންގަޕޫރު ޑޮލަރުގެ ޑެފިސިޓެކެވެ.

މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ %17.6 އިތުރުވެފައިވަނީ އާމްދަނީ ލިބޭ ދާއިރާތައް ފުޅާދާއިރާއެއްގައި ކުރިއެރުމާއެކުގައެވެ. ޕްރޮގްރާމްގެ ހަރަދުތައް %15.6 ދަށްވެފައިވާއިރު، މިއީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އެހީވުމަށް ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ދިނުން މަދުވުމުން ދަށްވި ދަށްވުމެއްކަމަށް މާލީ ވުޒާރާއިން ބުނެއެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ރައްކަތެރިކަމުގެ ފިޔަވަޅުތައް އުވާލުމާއި، ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތައްވެސް ރަނގަޅުވަމުން ދިއުމުގެ ސަބަބުން މިދިޔަ މާލީ އަހަރާއި ބަލާއިރު، މި ހިނގާ މާލީ އަހަރުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމަށް ކެނެޑާގެ މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވެއެވެ.

މި މާލީ އަހަރު އާންމު ދަރަނީގެ ޗާޖު %35.7 އިތުރުވެފައިވަނީ ބޮންޑްތަކުގެ އިންޓަރެސްޓް ރޭޓް މަތިވުމާއި އިންފްލޭޝަން އެޖެސްޓްމަންޓް މަތިވުމުންނެވެ. މަހުން މަހަށް ބަލާއިރު ކެނެޑާގެ ޑެފިސިޓް އޮކްޓޯބަރު މަހު 1.90 ބިލިއަން ސިންގަޕޫރު ޑޮލަރުގައި ހުރިއިރު، މީގެ އަހަރެއްހާ ދުވަސް ކުރިން ކެނެޑާގެ ޑެފިސިޓް ވަނީ 3.68 ބިލިއަން ސިންގަޕޫރު ޑޮލަރަށް އަރާފައެވެ.