ޚަބަރު

ގޯލް ޕޯސްޓެއް ބޮލަށް ވެއްޓި ކުޑަަކުއްޖަކު މަރުވެއްޖެ


ހއ އުލިގަމުގައި ގޯލް ޕޯސްޓެއް ބޮލަށް ވެއްޓި ކުޑަަކުއްޖަކު މަރުވެއްޖެއެވެ.

މިހާދިސާގައި މަރުވީ އުމުރުން 9 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ ހއ.އުލިގަމު ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓިފައިވާ ކަމުގެ ރިޕޯޓް މިއަދު ހަވީރު 17.50 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެކުއްޖާ އުލިގަމު ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ.