ސިއްހަތު

ކެންސަރަށް ފަރުވާއެއް ހޯދުމަށް އީޖާދުކުރި ޓީ-ސެލް ތެރަޕީ ކާމިޔާބު


ކެންސަރު ބައްޔަށް ދާއިމީ ފަރުވާއެއް ހޯދުމުގެ ގޮތުން އަލަށް އީޖާދުކުރި ޓީ-ސެލް ތެރަޕީގެ ދިރާސާތައް ކާމިޔާބު ކަމަށް އެމެރިކާގެ ފްރެޑް ހަޗިންސަން ކެންސަރ ރިސަރޗް ސެންޓަރުން ބުނެފިއެވެ.އެ ސެންޓަރުގެ އިމިއުނޯތެރަޕީ ރިސަރޗަރ ޑރ. ސްޓޭންލީ ރިޑެލް ވިދާޅުވީ ޓީ-ސެލް ތެރަޕީ ބޭނުންކޮށްގެން މިހާތަނަށް ކުރި ޓެސްޓުތަކުގެ ނަތީޖާ ކާމިޔާބުކަމަށެވެ. އެގޮތުން، ޓީ-ސެލް ތެރަޕީ އިން ފަރުވާ ހޯދި 94 އިން ސައްތަ ބަލި މީހުންގެ ގައިން ލޭގެ ކެންސަރު ބަލީގެ ހުރިހާ އަލާމާތެއް އެއްކޮށް ނެތިގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.ޓީ-ސެލް ތެރަޕީ އަކީ ބަލި މީހާގެ ޓީ-ސެލް އަލުން ޕްރޮގްރާމް ކޮށްގެން ވަކި ވަކި ކެންސަރ ސެލްތަކަށް ހަމަލާދީގެން އެ ނައްތާލާ ތެރަޕީއެކެވެ. ޓީ-ސެލް ތެރަޕީ މިހާރު ބޭނުންކުރަމުން ދަނީ ބައެއް ވައްތަރުގެ ކެންސަރަށް ފަރުވާ ކުރުމަށް ކަމަށާއި އިތުރު ތަހުލީލު ކުރުމަށްފަހު، ކެންސަރުގެ އެހެން ވައްތަރުތަކަށް ބޭނުންކުރެވޭ ގޮތްތަކެއް ހޯދަން ނިންމަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.