ޚަބަރު

މިހަފްތާ ބަންދާއި، އަންނަ ހަފްތާގައި ރައީސްގެ ދެ ދަތުރުފުޅެއް


ގއ.އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މާދަމާ ފުރާވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ ގއ.ނިލަންދޫއަށާއި، އެއަތޮޅު ދާންދޫގެ އިތުރުން މާމެންދޫއަށެވެ. އެމަނިކުފާނުގެ މިދަތުރުފުޅަށް މާދަމާ ފުރާވަޑައިގަންނަވާއިރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މިހަފްތާ ބަންދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ މިހަފްތާ ބަންދުގައި ކުރައްވާ މިދަތުރުފުޅުގެ އިތުރުން
އަންނަ ހަފްތާގެ ހޯމަ ދުވަހު އެމަނިކުފާނު މ. ކޮޅުފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެމަނިކުފާނު ކޮޅުފުއްޓަށް ވަޑައިގަންނަވަނީ މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިދުވަހާ ގުޅޭ ޚާއްސަ ޖަލްސާ މިފަހަރު ބާއްވަނީ ކޮޅުފުށީގައެވެ.