ޚަބަރު

ބޭބެ ބޮލަށް ވަޅި ހެރި އަންހެންމީހާގެ ބަންދަށް 15 ދުވަސް


މާލޭގައި ގެއެއްގެ ތެރޭގައި ފިރިހެނެއްގެ ބޮލަށް ވަޅި ހެރި މައްސަލާގައި ހައްޔަރުކުރި އަންހެންމީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ހެންވޭރު ގެއެއްގެ ތެރޭގައި ބުދަ ދުވަހު ހިންގި މި މާރާމާރީގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި އަންހެނެކެވެ. މި ހަމަލާގައި ޒަޚަމްވީ 37 އަހަރު ދިވެހި ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އެއީ ދެބެއިންނެވެ.

ފުލުހުން ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީ ހިނގާފައިވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭކަމަށެވެ. އަދި މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.