ޚަބަރު

ކ. އަތޮޅުން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާރޓް ނެރެފި




މިހާރު ރާއްޖެއަށް
ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކ. އަތޮޅުން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް
ޔެލޯ އެލާރޓް  ނެރެފިއެވެ.



މެޓް އޮފީހުން
މިއެލާރޓް ނެރިފައިވަނީ މިއަދު ހެނދުނު 10:20 ފެށިގެން މެންދުރު 13:20 ހަމައަށެވެ. މެޓް އޮފީހުން
ނެރެފައިވާ އެލާރޓްގައި، ކ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކަށް މެންދުރު 13:20 ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް
ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަައެވެ.



ޔެލޯ އެލާރޓްގައި އެކަށީގެންވާ
ވަރަށްވުރެ ކަނޑު ގަދަވާނެކަމަށްވެސް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ
ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ. ރާއްޖެއަށް މިހާރު
ކުރަމުންދާ ވިއްސާރައަކީ ބޭ އޮފް ބެންގޯލްގެ މެދުތެރޭ ހިސާބުގައި އުފެދިފައިވާ ލޯޕްރެޝަރ
އޭރިއާއާއި ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.