ޚަބަރު

ޤައިދީންގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހަދަން ފަށައިފި


ޤައިދީންގެ ސައިކޮލޮޖިކަލް
އެސެސްމެންޓް ހެދުން މާލޭ ޖަލުގައި ފަށައިފިއެވެ.



މި ޕްރޮގްރާމަކީ ޖަލުގައި
ތިބޭ ޤައިދީންގެ ނަފްސާނީ ދުޅަހެޔޮކަން ދެނެގަތުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް
ކަމަށް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތުދެއްވައެވެ. މިޕޮރޮގްރާމްގެ ތެރެއިން ޤައިދީންގެ
ނަފުސާނީ ދުޅަހެޔޮކަން ދެނެގަނެ، މިއެސަސްމެންޓް ރިޕޯޓް ޕެރޯލް ބޯޑާއި، ކްލެމެންސީ
ބޯޑަށްވެސް ފޮނުވުމަށް ވަނީ ހަމަޖެހިފައެެވެ. މިއެސްސްމެންޓް ހެދުމުން ގައިދީންނަކީ ޖަލުގައި ބެހެއްޓޭފަދަ ނަފުސާނީ ގޮތުން ދުޅަހެޔޮ
ޤައިދީއެއްކަން ދެނެގަނެވި، ބޭނުންވާ ފަރުވާ ދިނުމަށް ފަސޭހަވެގެންދާނެކަމަށް
ކަރެކްޝަނަލް ސާރވިސްއިން މައުލޫމާތުދެއެވެ.



ޤައިދީންގެ ސައިކޮލޮޖިކަލް
އެސެސްމެންޓް ހެދުމުގެ ސަބަބުން ޤައިދީންގެ ނަފްސާނީ ޙާލަތު ދެނެގަނެވި މައްސަލަތައް
ހައްލުކުރުމަށް ފަސޭހަ ވެގެންދާނެއެވެ. ގައިދީންގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހަދަނީ
މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސައޮކޮލޮޖިކަލް ސަރވިސް، ޓްރޭނިންގް އެންޑް ރިސަރޗް
ގެ ފަރާތުން ޑރ އައިޝަތު އަލީ ނާޒްއެވެ. މި ފެށުނު ޕްރޮގްރާމްގެ ތެރެއިން ޕެރޯލް ބޯޑާއި، ކްލެމެންސީ
ބޯޑުގެ ބޭނުމަށް ސައިކޮލޮޖިކަލް އެސެސްމެންޓް ހަދަންޖެހޭ ޤައިދީންގެ އެސެސްމެންޓް ވެސް
ހެދިގެންދާނެކަަމަށް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތުދެއްވައެވެ.