ޚަބަރު

ނިޕޯން ކުލައަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި


އެސްޓީއޯއިން ނިޕޯންގެ ކުލައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

'އެކުލަ މިކުލަ' ޕްރޮމޯޝަންގެ ނަމުގައި ކުރިއަށްދާ ޕްރޮމޯޝަން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ފިހާރައިގައި ބޭއްވި ހަފްލާއެއްގައި ޕްރޮމޯޝަން ފައްޓަވައިދެއްވީ މާކެޓިންގ ކޮމިއުނިކޭޝަންސް ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހެވެ. އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގައި އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް، އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ލ.ފޮނަދޫ ފިހާރައިގައި ކުރިއަށްދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ނިޕޯންގެ ކޮންމެ އުފެއްދުމަކުން %8 އާއި %10 އާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ނިޕޯންގެ އުފެއްދުން ގަންނަ ފަރާތްތަކަށް %10ގެ ޑިސްކައުންޓް ލިބޭ ކޫޕަނެއް ލިބޭނެކަމަށާއި، އިތުރަށް ކުރާ ވިޔަފާރިއަކަށް މި ކޫޕަން ބޭނުންކުރެއްވޭނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.