ދުނިޔޭގެ ވިޔަފާރި

ބާޒާރަށް ނެރުނު ޓޮޔޯޓާގެ އުފެއްދުންތައް ލަފާކުރި ވަރަށްވުރެ އިތުރު


މިދިޔަ އޮކްޓޫބަރު މަހު ކުންފުނީގެ އުފެއްދުންތައް %23 އަށް އިތުރުވެފައިވާ ކަމަށް ޖަޕާނުގެ އޮޓޯމޭޓިވް ކުންފުނި ޓޮޔޯޓާ މޮޓޯ ކޯޕަރޭޝަނުން އަންގާރަ ދުވަހު ރިޕޯޓުކޮށްފިއެވެ.

މިއީ ލަފާކޮށްފައިވާ މިންވަރަށްވުރެ ކުންފުނީގެ އުފެއްދުންތައް އިތުރުވި ތިން ވަނަ މަހެވެ.

ޓޮޔޯޓާއިން އޮކްޓޯބަރު މަހު 771382 ވެހިކަލް އުފެއްދިއިރު، މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު %23 އިތުރު އަދަދެކެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ހެދި ޗައިނާ ފުރަބަންދުކުރުމުގެ ސަބަބުން ސެޕްޓެމްބަރު މަހު ގާތްގަނޑަކަށް 887000 ކާރު އުފެއްދުން ވަނީ މަދުވެފައެވެ. މީގެއިތުރުން ތަކެތި ލިބުމުގެ ދަތިކަންވެސް ޓޮޔޯޓޯ އަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

ތަކެތީގެ އަގު އުފުލި ޗިޕް ލިބުން ދަތިވުމުގެ ސަބަބުން މިއަހަރު އެ ކުންފުނިން ވެހިކަލް އުފައްދޭނެ މިންވަރު މި މަހު ކުރީކޮޅު ޓޮޔޯޓާއިން ވަނީ ދަށްކޮށްފައެވެ.

2023 ވަނަ އަހަރުގެ މާޗް މަހު ނިމޭ މި މާލީ އަހަރު 9.2 މިލިއަން ވެހިކަލް އުފައްދާނެކަމަށް ޓޮޔޯޓާ އިން ލަފާކުރެއެވެ. މިއީ އޭގެކުރިން ލަފާކޮށްފައިވާ 9.7 މިލިއަން ވެހިކަލަށްވުރެ ދަށް އަދަދެކެވެ. ނަމަވެސް މިއީ ނިމި ދިޔަ މާލީ އަހަރު އުފެއްދި ގާތްގަނޑަކަށް 8.6 މިލިއަން ވެހިކަލްއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.