ޚަބަރު

ލަންކާގެ ސަފީރަކަށް ފާއިޒް އައްޔަން ކުރަން ރުހުންދީފި


ދިވެހިރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަޤާމަށް މއ.މަނާގެ، ޢަލީ ފާއިޒު ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ލަންކާގެ ސަފީރުކަމުގެ މަޤާމަށް ފާއިޒު އައްޔަން ކުރަން މަޖިލީހުން ރުހުން ދެއްވީ 62 މެމްބަރުންގެ ވޯޓުންނެވެ.

ލަންކާގެ ސަފީރުކަމުގެ މަޤާމަށް ފާއިޒު އައްޔަން ކުރައްވަން ފޮނުވާފައިވަނީ އެޤައުމުގެ ސަފީރުކަމުގެ މަޤާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއވުމުންނެވެ.

ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވި ފާއިޒަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ރައީސެވެ. ފާއިޒަކީ މީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.