ޚަބަރު

ނޮޅިވަރަމްފަރު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް


ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނިގޮތުގައި ސުލޫކީ މައްސަލަ ބަލަން ފަށާފައި ވަނީ ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ބެލެވޭ ޝަކުވާއެއް ލިބިގެން ކަމަށެވެ. އެހެންވެ މި މައްސަލަ ތަހުޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނިގޮތުގައި މި މައްސަލަ ބަލަން ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

ކޯޓުތަކާއި ފަނޑިޔާރުންގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކޮންމެ އަހަރަކު ވެސް ފަނޑިޔާރުންގެ ގިނަ މައްސަލަތައް ހުށަހަޅާ ބަލަމުން އަންނަ އިރު މިދިޔަ އަހަރު އެކަނި ވެސް އެ ކޮމިޝަނަށް ފަނޑިޔާރުންގެ 404 މައްސަލަ ހުށަހަޅާފައިވެއެވެ.