ޚަބަރު

އިންޓަރޕޯލްގައި މަސައްކަތްކުރާ ފުރަތަމަ ދިވެހި ފުލުހަކަށް ރިޟްވާން


އިންޓަޕޯލްގައި މަސައްކަތްކުރާ ފުރަތަމަ ދިވެހި ފުލުހަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޟްވާން ޝަރީފް ހަމަޖައްސައިފިއެވެ. ފްރަންސޭސިވިލާތުގެ ލިޔޯންގައި ހުންނަ އިންޓަޕޯލް ހެޑްކުއާޓަރގައި މަސައްކަތްކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންނަށް ލިބުނުކަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމިދު އިއުލާންކުރައްޥާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން ނުވަތަ އިންޓަރޕޯލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޭދޭ ޤައުމުތަކުގެ ފުލުހުންގެމެދުގައި އެއްބާރުލުން އުފެއްދުމާއި ކުށްކުރުން ކޮންޓްރޯލް ކުރުމަށް މަގުފަހިކޮށްދޭ ބައިނަލްއަގުވާމީ ޖަމްޢިއްޔާއެކެވެ.

އިންޓަރޕޯލްގައި މަސައްކަތްކުރާ ފުރަތަމަ ފުލުހަކަށް ރިޟްވާން ހަމަޖައްސަވާފައިވާކަން ކޮމިޝަނރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ހާމަކުރައްވާފައެވެ. އަދި ރިޟްވާނަށް ވަނީ އެކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

އިންޓަރޕޯލް ހެޑްކުއާޓަރުގައި ރިޟްވާން 3 އަހަރު ދުވަހުގެ މައްދަތަކަށް މަސައްކަތްކުރައްވާނެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، އަންނަ މަހުގެ 1އިން ފެށިގެން އެތަނުގައި ރިޟްވާން މަސައްކަތް ކުރައްވަން ފަށްޓަވާނެކަމަށެވެ. އޭނާ މަސައްކަތް ކުރައްވާނީ އިންޓަރޕޯލްގެ ކްރައިމް ޔުނިޓްގައެވެ.


އިންޓަރޕޯލްގައި މަސައްކަތްކުރުމުގެ ފުރުޞަތު ދިވެހި ފުލުހަކަށް ލިބުމާއި ގުޅިގެން ޙަމީދު މީގެ ކުރިން ވިދާޅުވެފައިވަނީ، އިންޓަޕޯލް ހެޑްކުއާޓަރގައި މަސައްކަތް ކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެން ދިއުމަކީ ކުށްކުރުމާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތް ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ފާހަގަ ކުރެވިގެންދާ ކަމެއްކަމަށެވެ. އަދި މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން ތަރައްޤީ ކުރުމަށް ވެސް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން ނުވަތަ އިންޓަރޕީލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޭދޭ ޤައުމުތަކުގެ ފުލުހުންގެމެދުގައި އެއްބާރުލުން އުފެއްދުމާއި ކުށްކުރުން ކޮންޓްރޯލް ކުރުމަށް މަގުފަހިކޮށްދޭ ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ.

ފްރާންސްގެ ލިޔޯންގައި ހެޑްކުއާޓަރު ހުންނަ މިޖަމްޢިއްޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޖަމްޢިއްޔާގެ 7 ސަރަހައްދީ ބިއުރޯ ހުރެއެވެ. ޖުމުލަ 195 މެމްބަރު ގައުމެއްގައި ނެޝަނަލް ސެންޓްރަލް ބިއުރޯ ހުރެއެވެ.

ދިވެހި ފުލުހުންވެސް އަންނަނީ އިންޓަރޕޯލްއާ ގުޅިގެން މިހާތަނަށްވެސް އެކި މަސައްކަތްތައް ކުރަމުންނެވެ. އެހެންނަމަވެސް ދިވެހި ފުލުހުންނަށް ސީދާ އިންޓަރޕޯލްގެ ހެޑް އޮފީހުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު މިއީ ފުރަތަމަ ފަހަރެވެ.