ދުނިޔެ

48 ގަޑިއިރުގެ ތެރޭގައި ސޫރިޔާއަށް ވައިގެ މަގުން ގިނަ ހަމަލާތަކެއް


ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ސޫރިޔާގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން އެގައުމުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާދީފައިވާ ކަމަށް އެގައުމުގައި ހަރަކާތްތެރިވާ ބައެއް އަމިއްލަ ޖަމާއަތްތަކުން ބުނެފިއެވެ. ވައިގެ މަގުން ދިން ހަމަލާތަކުގެ ވީޑިއޯތައް އާންމުވެފައިވާ އިރު، މި ހަމަލާގައި ކްލަސްޓަރ ބޮން ބޭނުންކޮށްފައިވާ ކަން ފާހަގަކޮށްފައިވެއެވެ. ކްލަސްޓަރ ބޮމަކީ ބޭނުން ކުރުން މަނާ ހަތިޔާރެކެވެ. ސޫރިޔާގައި ބަދަލުކުރެވޭ ހަމަލާތަކުގައި ކްލަސްޓަރ ބޮން ބޭނުންކުރަމުންދާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ބުނެފައެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ގިނަ ފަރާތްތަކުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެ މަސައްކަތްތައް އަދި ކާމިޔާބުވެފައެއް ނުވެއެވެ. މިދިޔަ ހުކުރު ދުވަހު ދުނިޔޭގެ ބާރުތަކުން ވަނީ ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައެވެ. މި ހަފްތާ ނިމޭއިރު އެއްބަސްވުން ތަންފީޒު ވާނޭ ކަމަށް ބެލެވެއެވެ. ނަމަވެސް، ސޫރިޔާގެ ސަރުކާރާއި ދެކޮޅު ފަރާތްތަކުން މި ލިއުމަށް އެއްބަސްވެފައިނުވުމުގެ ސަބަބުން ވަގުތީ ސުލްހައެއްގެ އެންމެ އެދެވޭ ނަތީޖާއެއް ފެނުމާއި މެދު ޝައްކު އުފެދިފައިވެއެވެ.