ޚަބަރު

ބަޖްރަންގީ ބައިޖާންގެ މުންނީގެ ރޯލަށް 2000 އަށްވުރެ ގިނަ ކުދިން އޮޑިޝަން ދިން


"ކާބުލް އެކްސްޕްރެސް"، "ނިއު ޔޯކް" ފަދަ ފިލްމުތައް ގެނެސްދީފައިވާ ކަބީރު ޚާންގެ ކާމިޔާބު އެއް ފިލްމަކީ ސަލްމާން ޚާން ލީޑް ރޯލުން ފެނުނު "ބަޖްރަންގީ ބައިޖާން" އެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި ކަބީރު ބުނިގޮތުގައި އެ ފިލްމުގެ ކާމިޔާބީގެ އެއް ހިއްސާ ކަމަށްވާ ކުޑަކުއްޖާ ނުވަތަ މުންނީގެ ރޯލަށް ކުއްޖަކު ނެގުމަކީ ފިލްމަށް ކުރެވުނު އެންމެ ބުރަ މަސައްކަތެވެ.

ފިލްމުގައި މުންނީގެ ކެރެކްޓަރއަކީ ވާހަކަ ނުދެއްކޭ ކުއްޖެއްގެ ކެރެކްޓަރއަކަށް ވުމުން އިންޑިއާއިން ބޭރުންވެސް ކުދިން އޮޑިޝަނަށް ގެނައެވެ. އެގޮތުން ގާތްގަޑަކަށް 2000 އާއި ގާތްކުރާ އަދަދަކަށް ކުދިން އޮޑިޝަން ދިން ކަމަށް ކަބީރު ބުންޏެވެ. އެންމެ ފަހުން 10 ކުދިން ޝޯޓްލިސްޓްވެ މުންނީގެ ރޯލަށް ނެގީ ހަރްޝާލީ މަލޯތްރާއެވެ.

ކަބީރު ބުނިގޮތުގައި ސަލްމާންގެ ގެއަށް ފުރަތަމަ ހަރްޝާލީ ގެންދިޔަ ދުވަހުވެސް ދެމީހުންގެ ކެމިސްޓްރީ ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވުނު ކަމަށެވެ.

ފެމެލީ ޑްރާމާއެއްގެ ގޮތަށް 2015 ވަނަ އަހަރު ދެއްކި "ބަޖްރަންގީ ބައިޖާން" ކަބީރު ޑައިރެކްޓުކޮށް ސަލްމާނާއި ކަބީރު އަދި ރޮކްލައިން، ސުނިލް ލޫލާ އަދި އަމަރް ބުޓާލާ ޕްރޮޑިއުސްކޮށްފައިވާ ކާމިޔާބު ފިލްމެކެވެ.

900 މިލިއަން ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 5000 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.