ދުނިޔޭގެ ވިޔަފާރި

ޖަޕާނުގެ އިންފްލޭޝަން ރެކޯޑު ޢަދަދަކަށް އިތުރުވެއްޖެ


ޖަޕާނުގެ އިންފްލޭޝަން ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައިވެސް ނުދާހާ މައްޗަށް މިދިޔަ އޮކްޓޫބަރު މަހު ހިނގައްޖެއެވެ.

އޮކްޓޫބަރު މަހުގެ އިންފްލޭޝަން މަތިވެފައި މިވަނީ ޖަޕާނުގެ ފައިސާ ކަމަށްވާ ޕެސޯގެ އަގު ދަށްވެ، އިމްޕޯޓު ކުރާ އަގު އުފުލުމުގެ ސަބަބުންނެވެ.

ޖަޕާނުގެ ކޯ ކޮންސިއުމަރ ޕްރައިސް އިންޑެކްސް، ސީޕީއައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިއަރާ އަޅާބަލާއިރު %3.6 އިތުރުވެފައެވެ. މިއީ އިޤްތިޞާދީ މާހިރުން ލަފާކުރި %3.5 އާއި ސެޕްޓެމްބަރު މަހުގެ ސީޕީއައި ކަމަށްވާ %3.0 އަށް ވުރެ އިތުރު އަދަދެކެވެ.

ސީޕީއައި އިތުރުވެފައި މިވަނީ ބޭންކް އޮފް ޖަޕާން ބީއޯޖޭ އިން ލަފާލޮށްފައިވާ 2% އަށް ވުރެ އިތުރަށެވެ. ނަމަވެސް އިންޓަރެސްޓް ރޭޓް މަތިކުރުމުގެ ދުނިޔޭގެ ޓްރެންޑާއި ބީއޯޖޭ ގުޅިދާނެ ކަމަށް އިގްތިސާދީ މާހިރުން ލަފައެއްނުކުރެއެވެ.

ބޭރުން ގެންނަ ސަޕްލައިގެ ދަތިކަމުގެ ސަބަބުން އިމްޕޯޓުކުރާ ތަކެއްޗާއި ސިނާއީ މުދަލާއި އުފެއްދުންތެރިކަމަށް ބޭނުންކުރާ ތަކެތީގެ އަގުތައް މައްޗަށް ގޮސްފައިވާއިރު، ޖަޕާނުގެ ފައިސާ ކަމަށްވާ ޔެންގެ އަގުވެސް ވަނީ ދަށްވެފައެވެ.

ޖަޕާނުގެ ނޮރިންޗުކިން ރިސާޗް އިންސްޓިއުޓްގެ އިސް އިގްތިސާދީ މާހިރު ޓަކޭޝީ މިނާމީ ލަފާކުރައްވާ ގޮތުގައި އަހަރު ނިމޭއިރު އިންފްލޭޝަން އެންމެ މައްޗަށް އަރާނެއެވެ، އަދި އަންނަ އަހަރު ފެށޭއިރު ތަކެތީގެ އަގުތައް ތިރި ވާނެ ކަމަށް ލަފާކުރައްވާ ކަމަށްވެސް ޓަކޭޝީ ވިދާޅުވިއެވެ.