ޚަބަރު

ސަރުކާރުން އެމް.އާރު.ޑީ.ސީއަށް 50 މިލިޔަން ރުފިޔާގެ ފެސިލިޓީޒް


މޯލްޑިވްސް ރޯޑްޑިވޮލޮޕްމަންޓް ކޯޕަރޭޝަން އެމް.އާރު. ޑީ.ސީގެ މަސައްކަތްތައް އިތުރަށް ފުޅާކުރެއްވުމުގެ ގޮތުން އަންނަ މަހުން ފެށިގެން  50 މިލިޔަން ރުފިޔާގެ ސާމާނު އެކުންފުނަށް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށްގެންދެވުމުގައި ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމް.އާރު.ޑީ.ސީ އަށް އެވަސީލަތްތައް ފޯރުކޮށްދެއްވަނީ، ރާއްޖޭގެ އެކި އެކި ރަށްރަށުގައި އެކުންފުނިން ކުރިއަށްގެންދަވާ މަގުހެދުމުގެ ޕްރޮޖެކްޓްތަކުގެ ސްޕީޑް އަވަސްކުރެއްވުމަށްކަމަށެވެ.އެމަނިކުފާނު ވިދާޅުވީ،  މިއަދުގެ ސަރުކާރުގެ ސްޕީޑާއެކު އަތޮޅުތަކުގެ ރަށްތަކަށް ތަރައްގީގެ އަންނަން ޖެހޭކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.އެމް.އާރު.ޑީ.ސީން މިހާރުވެސްދަނީ 11 ރަށެއްގެ މަގުހެދުމުގެ މަސައްކަތްކުރަމުންނެވެ.