ޚަބަރު

ފެނަކައިން ނުކުޅެދުންތެރިކަން ހުންނަ 100 ކުއްޖަކަށް ވަޒީފާ ދެނީ


ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އޮފީސްތަކުން ނުކުޅެދުންތެރިކަން ހުންނަ 100 ކުއްޖަކަށް މިއަހަރުގެ ތެރޭގައި ވަޒީފާ ދެވިގެންދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމުހޫރިއްޔާ އިއްޔެ ގދ. ތިނަދޫގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރުޞަތު ދިނުމަށް އަންނަ މަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަކުދިންނަށް މިހާރުވެސް ސަރުކާރުގެ ގިނަ ކުންފުނިތަކުން ވަޒީފާ ދެމުން ގެންދާކަމަށެވެ.އެމަނިކުފާނު ވިދާޅުވީ، މުޖުތަމަޢުގައި އެންމެ އިންސާފުވެރިކޮށް ކަންކަން ދާނީ އެންމެ ނިކަމެތި މީހާއަށްވެސް ހަމަހަމަ ފުރުޞަތު ލިބިގެން ކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވަނީ އެގޮތަށްކަމަށެވެ.ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުގެ އޮފީސްތަކުން ވަރަށް ބޮޑު ވާޒީފާ ދެއްވުމަށް ސަރުކާރުން އިސްކަމެއެއް ދެއްވާފައިވާއިރު، މީގެ ކުޑަދުވަސްކޮޅެއްގެ ކުރީން އާސަންދަ ކުންފުނިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 12 ކުއްޖަކަށް އެކުންފުނީގެ ވަޒީފާދެއްވާފައެވެ.