ޚަބަރު

ޖެނިފާ އެނިސްޓަންގެ ބައްޕަ މަރުވެއްޖެ


ހޮލީވުޑް ބަތަލާ ޖެނިފާ އެނިސްޓަން އަދި އެންބީސީގެ "ޑޭސް އޮފް އަވަ ލައިވްސް" ގެ ތަރި ޖޯން އެނިސްޓަން މަރުވެއްޖެއެވެ.

ބައްޕަ މަރުވި ޚަބަރު ޖެނިފާ ވަނީ އޭނާގެ ރަސްމީ ސޯޝަލް މީޑިއާ ހޭންޑްލްގައި ހިއްސާކޮށްފައެވެ. އެ ޕޯސްޓުގައި ޖެނިފާ ބުނީ އޭނާގެ ބައްޕަ މަރުވީ މި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އަދި ބައްޕައާއެކު ނަގާފައިވާ ބައެއް ފޮޓޯތައްވެސް ޖެނިފާ ވަނީ އެ ޕޯސްޓާއިއެކު ދޫކޮށްލާފައެވެ.

ޖެނިފާގެ މި ޕޯސްޓާއެކު ވަރަށް ގިނަ ސެލިބްރިޓީ ތަރިން ވަނީ ތައުޒިޔާ ކިޔާފައެވެ. އޭގެތެރޭގައި ޖެނިފާ ލޮޕޭޒް، ރޭން ރެނޯލްޑްސް، ގާލް ގެޑޮޓް، ލިލީ ކޮލިންސް، އަދި ޖެނިފާގެ ކުރީގެ ފިރިމީހާ ޖަސްޓިން އާއި އޭނާގެ "ފްރެންޑްސް" ކޯ ސްޓާ ލިސާ ކުޑްރޯވެސް ހިމެނެއެވެ.

މީގެއިތުރުން "ޑޭސް އޮފް އަވަ ލައިވްސް" ގެ ޓީމުންވެސް ވަނީ ޖޯން އަށް ޓްރިބިއުޓް ވީޑިއޯކޮޅެއް އުފައްދާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

"ޑޭސް އޮފް އަވަ ލައިވްސް" ގައި ޖޯންގެ އެންމެ ފަހުގެ ދުވަސްތައް ދައްކާނީ އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.