ވިޔަފާރި

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ
އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރި މަތި ލުމުގެ
ފުރުސަތު ހުޅުވާލައިފިއެވެ.



މިކަމާއި ގުޅޭގޮތުން އެސްޓީއޯއިން
ކޮށްފައިވާ އިޢުލާނެއްގައިވާގޮތުން މިއަހަރުން ފެށިގެން އަންނަ އަހަރަށް
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން
އިންތިޚާބްކުރާ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ
ކަމަށާއި މަޤާމަށް އެދި ކުރިމަތިލާ ފަރާތަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން
އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން އެއީ އެސްޓީއޯ އިން އެދޭ ކަމެއް
ކަމަށެވެ. 



އެސްޓީއޯގެ ހިއްސާ ބެހިފައިވާގޮތުންނާއި
އެސްޓީއީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ޑިރެކްޓަރުންގެ ބޯޑަށް
އާއްމު ހިއްސާދާރުންގެ ފަރާތުން އިންތިހާބްކުރެވޭނީ އެއް ޑިރެކްޓަރެއް، އަދި
ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން 6 ޑިރެކްޓަރުން އައްޔަން ކުރަން
ޖެހެއެވެ.



އެސްޓީއޯގެ ބޯޑު މެންބަރުކަމަށް
ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ވަނީ
ހުޅުވާލާފައެވެ. 



މިހާރު އެސްޓީއޯގެ ޕަބްލިކް
ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ހ. ޓޫ ހާޓްސް،
މުޙައްމަދު ފަރުޝަތެވެ.