ޚަބަރު

ވޮޝިންގޓަނުގައި ހުރި އެމްބަސީގެ ނަން "އެމެރިކާގައި ހުންނަ ރާއްޖޭގެ އެމްބަސީ"ގެ ނަމަށް


"ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަން "އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ "ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" ގެ ނަން "އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުކުރައްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކުރި މިމައްސަލާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލާއި އެއްގޮތަށް ވޮޝިންޓަނުގައި ހުންނަ ދިވެހި އެމްބަސީގެ ނަން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަމަށް ބަދަލު ކުރުމަށް މިއަހަރު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފައެވެ.

ކޮމިޓީން ނިންމި ނިންމުމާއި އެއްގޮތަށް އެމްބަސީގެ ނަން ބަދަލު ކުރުމަށް މަޖިލީހުން ފާސްވެފައިވަނީ 59 މެމްބަރުންގެ ވޯޓުންނެވެ.

މި ބަދަލާއެކު، ދައުލަތުގެ އިދާރާތަކުން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީ/ނޯޓުގައި ޖައްސަވަމުން ގެންދަވާނީ ނަންބަރު 488 ކަމުގައި ވަނީ ހަމަޖައްސަވާފައެވެ.