ޚަބަރު

ކިއްސަރު ފެއާރ މިއަހަރު އައްޑޫސިޓީގައި


ކިއްސަރު ފެއަރ މިއަހަރު
އައްޑޫސިޓީގައި ބޭއްވެވިނަމަވެސް މާލޭގެ އިތުރުން ރާއްޖޭގެ އެހެން އަތޮޅެއްގައި މިފެއަރ
ކުރިޔަށް ގެންދަވާނެކަމަށް ޔޫތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.



ކިއްސަރު ފެއަރއާ ގުޅޭގޮތުން
އެންމެފަހުގެ މަޢުލޫމާތު ޕީއެސްއެމާއި ޙިއްޞާ ކުރައްވަމުން އެމިނިސްޓްރީގެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާމިނަތު އުއްމުކުލްސޫމް ވިދާޅުވީ މި ފެއަރއަކީ
ޒުވާނުން ވަޒީފާއަށް އަހުލުވެރިކޮށް ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ވަޒީފާގެ
ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ޙިއްޞާ ކުރެއްވުމަށް މީގެ އަހަރުތަކެއް ކުރިން
ފަށްޓަވާފައިވާ ފެއަރއެއްކަމަށެވެ. އަދި ޒުވާނުންނަށް ކުރިޔަށް ދެވެންހުރި
ވަޒީފާގެ ފުރުޞަތާއި، ހުރި ވަޒީފާތަކަށް ޒުވާނުންނާ އިންޓަރވިއުކޮށް ޒުވާނުންނަށް
ވަޒީފާ ދިނުންވެސް މި ފެއަރގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމަށެވެ.



އައްޑޫ ސިޓީގައި މިއަހަރުގެ
ފުރަތަމަ ކިއްސަރު ފެއަރ ބާއްވާއިރު މި ފަހަރުގެ ފެއަގައި މާލޭގެ އިތުރުން އައްޑުއަތޮޅުގެ
އޮފީސްތަކާއި ކުންފުނިތަކުން 50 ފަރާތަކުން ބައިވެރިވާކަމަށް ޔޫތް މިނިސްޓްރީން
މަޢުލޫމާތުދެއްވައެވެ. ކިއްސަރު ފެއަރގައި އެކި އެކި އޮފީސްތަކާއި ކުންފުނިތަކުގެ
ވަޒީފާގެ 140 ފުރުޞަތު އެބައޮތްކަމަށާއި، ޝަރުތު ހަމަވާ ޒުވާނުންނަށް މި ވަޒީފާގެ
ފުރުޞަތު ފަހިވެގެންދާނެކަމަށްވެސް އެމިނިސްޓްރީން މަޢުލޫމާތުދެއްވިއެވެ.



އައްޑޫސިޓީގައި ގެންދަވާ ކިއްސަރު
ފެއަރ ކުރިޔަށް ގެންދަވަނީ އައްޑޫސިޓީގެ ވިމެންސް ޑިވެލޮޕްމަންޓް އެސޯސިއޭޝަނާއި
ގުޅިވަޑައިގެންކަމަށާއި، މި ފެއަރ ކުރިޔަށްދާނީ މިމަހުގެ ނަވާރައިން
ވިއްސަށްކަމަށް ޔޫތްމިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން އެމިނިސްޓްރީން
ވިދާޅުވީ އައްޑޫސިޓީގައި މި ފެއަރ ކުރިޔަށްގެންދެވި ނަމަވެސް މިއަހަރުގެ ޖޫން  ނުވަތަ ޖުލައި މަސްތެރޭ ކުޅުދުއްފުށީގައިވެސް
ކިއްސަރު ފެއަރ ބާއްވަވާނެކަމަށެވެ. އަދި މާލޭގައިވެސް ކިއްސަރު ފެއަރ ކުރިޔަށް
ގެންދެވުމަށް ހަމަޖެހިފައިވާކަމަށްވެސް ޔޫތްމިނިސްޓްރީން ވިދާޅުވިއެވެ.