ޚަބަރު

ބާޖު ބަންޑުންޖަހާލާ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި


ބާޖެއް ބަންޑުންޖަހާލާ އިއްޔެ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންވެސް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ މެންދުރު 12:50 ހާއިރުއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގދ. ފަރެސްމާތޮޑާއިން ފުރައިގެން 14 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދަނިކޮށް، ބަންޑުންޖަހާލީ "ލިއޯ ސަކްސަސް"ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެއްކަމަށެވެ.

މިލޭންޑިން ކްރާފްޓުން ދަތުރުކުރީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ. ދިޔަވެ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން 3 މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ސީ ވީޑް" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އޭގެތެރެއިން ގެއްލިގެން ހޯދަމުން ދަނީ ބިދޭސީއެކެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ކަނޑުގެމަގުންނާ ވައިގެ މަގުން ދަނީ ކުރިއަށްގެންދަމުންނެވެ.