ޚަބަރު

ގެޓްސެޓް ލޯނުގެ ފައިސާ ދޫކުރަން ފައްޓަވައިފި


ރާއްޖޭގެ ޒުވާން ވިޔަފާރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ގެޓްސެޓް ލޯނުގެ ފައިސާ ދޫކުރަން ފައްޓަވައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ފައިސާ މިހާރު އެއް ފަރާތަކަށް ދޫކޮށްފައިވާ އިރު އިތުރު ތިން ފަރާތަކަށް މިހަފްތާތެރޭ ފައިސާ ދޫކުރާނެ ކަމަށެވެ. އެގޮތުން އެލޯނަށް ހޮވިފާ 34 ވިޔަފާރިއަށް މާޗުމަހުގެ ނިޔަލަށް އެ ފައިސާ ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ޖުމްލަ 34 ވިޔަފާރިއަކުން 72 ފަރާތަކަށް އެލޯން ލިބިފައިވާކަން މިދިޔަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި ވަނީ އިއުލާންކޮށްފައެވެ.72 ޒުވާނުންނަށް ޖުމްލަ 25 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ނިންމަވާފައިވާއިރު މި ލޯންތައް ދޫކުރަމުންދަނީ ވިޔަފާރި ޕްރޮޕޯސަލްއަށް ބަލާ ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިޔެކިއުންތަކެއް ފުރިހަމަކުރުމުންކަމަށް އިކޮނޮމިކް މިނިސްޓްރީންވަނީ ވިދާޅުވެފަވެއެވެ. ފަސް އަހަރު ތެރޭ ކޮންމެ އަހަރަކު ވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.