ޚަބަރު

ޓެރަރިޒަމާއި ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް މާލެއާއި އައްޑޫ ސިޓީގައި!


ޓެރަރިޒަމާއި ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް މާލެ އަދި އައްޑޫ ސިޓީގައި ފަށައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދަނީ ދިވެހިން ފުލުހުންގެ ޚިދުމަތާ ޤަޢުމީ ދިފާއީ ބާރު ގުޅިގެންނެވެ. ފުލުހުން ވިދާޅުވީ އޮޕަރޭޝަން މާލޭއާއި އައްޑޫ ސިޓީގެ އެއްގަމާއި ކަނޑުގެ ސަރަޙައްދުގައިވެސް ކުރިއަށްދާނެކަމަށެވެ.

މި އޮރޭޝަނާ ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގެ ތަފްސީލް ހާމަކުރެވެން އޮތް މިންވަރުން ހާމަކުރަމުން ދާނެކަމަށެވެ.

ޓެރަރިޒަމާ ދެކޮޅަށް އޮޕަރޭޝަނެއް ފަށާފައިވާއިރު ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި މުހިންމު ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ހިންގި އެކި އޮޕަރޭޝަންތަކުގައި މީގެ ކުރިންވެސް މީހުން ޙައްޔަރުކޮށްފައިވެއެވެ.

މި މަސައްކަތުގައި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، މިދިޔަ އަހަރުވަނީ ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހު ގެނެސްފައެެވެ. ޤާނޫނަށް ގެނައި ބަދަލުތަކުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ވަނީ މުހިއްމު ބާރުތަކެއް ދީފައެވެ.