ވިޔަފާރި

ކުންމިންގ ފެއާރގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ޗައިނާގައި ބާއްވާ "ސައުތު އޭޝިއާ އެކްސްޕޯ"، ކުންމިން ފެއާރގެ މީޑިއާ ޕާރޓްނަރަކަށް ޕަބްލިކް
ސާރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސަވައި އެކަމާއި ގުޅޭ އެއްބަސްވުމުގައި
ސޮއިކުރައްފިއެވެ.ދިވެހިރާއްޖޭގެ
އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ
ފަރާތުން ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ. އިކޮނޮމިކް
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮނިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދެވެ.



މިއަހަރުގެ
ޖޫން މަހު ޗައިނާގެ ކުންމިންގައި ބާއްވާ މި ފެއާރއާ ގުޅޭގޮތުން
ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ މިއަހަރުގެ ކުންމިންގް ފެއާރގެ
ޝަރަފްވެރި ޤައުމެއްގެ ދަރަޖަ ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެހެންކަމުން މި
އަހަރުގެ ފެއާރގައި ދިވެހި އުފެއްދުންތައް މާރކެޓް ކުރުމަށް ގިނަ ފުރުޞަތުތަކެއް
ލިބިގެންދާނެ ކަމަށެވެ.



ދެކުނު
އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާކުރުމާއި، އެއްތަނަކުން
އުފެއްދުންތައް ވިއްކުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ކުންމިންގ ފެއާރގައި
ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލާފައިވާ އިރު މި
ފެއާރގައި ތަކެތި ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމާ
އަދި ބައިވެރިކުރަން ބޭނުންވާ އުފެއްދުމުގެ ސާމްޕަލް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމަށް
އެމިނިސްޓްރީން ވަނީ އަންގާފައެވެ.



މިއަހަރުގެ
ފެއާރގައި ރާއްޖޭގެ އުފެއްދުންތެރިކަމާއި އުފެއްދުންތައް އަދި ރާއްޖެ
އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގެވުމަށް ރާއްވަވާފައިވާކަމަށް އިކޮނޮމިކް
މިނިސްޓްރީން ހާމަކުރަށްވައެވެ. އަދި އެއަރޕޯޓުން ފެށިގެން އެކްސްޕޯ ބާއްވާ ޢިމާރާތާއި ހަމައަށް "ތީމް ޑެސްޓިނޭޝަން" އެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު
ކުރުމުގެ ފުރުޞަތުވެސް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.