ޚަބަރު

އަލިފާނުގެ ހާދިސާ ހިނގީ ނިރުފެހިގޭގައި، ސެންޑްރޯސްގައެއް ނޫން


ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ މ.ނިރުފެހިގޭގައިކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ކަމާއިބެހޭ ފަރާތްތަކުން މިކަން ހާމަކޮށްފައި މިވަނީ އަލިފާނުގެ ހާދިސާ ހިނގީ މ.ސޭންޑްރޯސްގައިކަމަށް ބުނެ ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތު ފަތުރާފައިވަނިކޮށެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ މ.ނިރުފަހިގޭގައިކަމަށެވެ. އަދި އޭގޭ ކައިރީގައި ހުރި މ. ސެންޑްރޯސްއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 10އަށް ވަނީ އަރާފައިވާއިރު މިހާތަނަށް އައިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދިފައެއް ނުވެއެވެ. އަދި އެ ތަނަކީ ބަންގްލަދޭޝް، ސްރީލަންކާ އަދި އިންޑިއާ ރައްޔިތުން އުޅޭ ތަނެއްކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެސަރަހައްދުގައި އުޅޭ 4 އާއިލާއަކަށް ނިސްބަތްވާ 30 ވަރަކަށް ދިވެހިންނަށް އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި 28 ބިދޭސީއަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.