ޚަބަރު

އުތުރުކޮރެޔާއާއި އެމެރިކާއާ ދެމެދު ވާހަކަތައް ފެށުމަށް ގޮވާލައިފި


އުތުރުކޮރެޔާއާއި އެމެރިކާއާ
ދެމެދު ސީދާގޮތެއްގައި ވާހަކަތައް ފެށުމަށް ޗައިނާއިން ގޮވާލައިފިއެވެ.



ޗައިނާގެ ޚާރިޖީ ވުޒާރާގެ
ތަރްޖަމާން ހޫންގްލީ ވިދާޅުވީ ކޮރެޔަން ޕެނިންސިއުލާއަށް ކުރިމަތިވެފައިވާ ނިއުކްލިޔަރ
ބިރުވެރިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އެމެރިކާއާއި އުތުރުކޮރެޔާ ސީދާގޮތެއްގައި
ވާހަކަ ދައްކަންޖެހޭކަމަށެވެ.



އުތުރުކޮރެޔާ ދާދިފަހުން ޓެސްޓުކުރި
ދުރުރާސްތާގެ މިސައިލް އާ ގުޅިގެން ނުރުހުން ފާޅުކުރި ޤައުމުތަކުގެ ތެރޭގައި
ޗައިނާވެސް ހިމެނެއެވެ. ނަމަވެސް އުތުރުކޮރެޔާއަށް އަމާޒުކޮށް ދެކުނު ކޮރެޔާގައި މިސައިލް
އައްޑަނައިގެ ނިޒާމެއް ޤާއިމް ކުރުމަށް އެމެރިކާ ނިންމުމާ ގުޅިގެން ޗައިނާވަނީ
ކަންބޮޑުވާކަން ހާމަކޮށްފައެވެ.