ދުނިޔެ

ސޫރިޔާގައި ތުރުކީން ހަރަކާތްތެރިއެއް ނުވާނެ- ތުރުކީ


ސޫރިޔާގެ ބިމުގައި ތުރުކީވިލާތުގެ އެއްވެސް ބާރެއް ޙަރަކާތްތެރި ނުވާނެކަމަށް އެޤައުމުމުގެ ބޮޑުވަޒީރު އަހްމަދު ދާވޫތުލޫ ވިދާޅުވެއްޖެއެވެ. ޔުކްރޭންގެ ބޮޑުވަޒީރާއެކު ކިޔޭވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ދާވޫތުލޫ ވިދާޅުވީ ތުރުކީވިލާތުން ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމް ކުރާކަމަށާ ތުރުކީވިލާތުން ސޫރިޔާއާ ދެކޮޅަށް ޢުދުވާނީ ޙަރަކާތެއް ހިންގާފައި ނުވާނެކަމަށެވެ. ތުރުކީވިލާތުގެ ދިފާޢީ ވަޒީރު އިސްމަތު ޔަލްމަޒް ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. ސޫރިޔާގެ އިޢްޒާޒް ސަރަޙައްދުގައިވާ ކުރުދީންގެ މަރުކަޒުތަކަކަށް ތުރުކީވިލާތުން މިދިޔަ ހޮނިހިރު ދުވަހު ދިން ޙަމަލާތަކަކާ ގުޅިގެން ސޫރިޔާ ސަރުކާރުންވަނީ ތުރުކީވިލާތް ކުށްވެރިކޮށް އދ. އަށް ސިޓީއެއް ފޮނުވާފައެވެ. މިސިޓީގައި، ތުރުކީވިލާތަކީ ސޫރިޔާގައި ހިނގާ ޓެރަރިޒަމްގެ ޢަމަލުތަކަށް ވާގިވެރިވާ ޤައުމެއްކަމަށް ސިފަކޮށްފައިވެއެވެ.