ޚަބަރު

ރީކޯ މޫސަ އެނބުރި އެމްޑީޕީއަށް


އެމްޑީޕީގެ ކުރީގެ ޗެއަރ ޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ގިނަ އަހަރުތަކެއް ވަންދެން އަދާކުރައްވާފައިވާ ރީކޯ މޫސަ މަނިކު އަލުން އެމްޑީޕީއަށް ސޮއިކޮށް، ފޯމް ޙަވާލުކޮށްފައިވަނީ މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލްއާއި ހާރިޖީ މިނިސްޓަރ ޢަބްދުﷲ ޝާހިދުއާއި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި އެމްޑީޕީގެ ޕަލިމަންޓްރީ ގްރޫޕްގެ ލީޑަރ މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަދި ސިޔާސީ މަަސައްކަތުގައި ރާއްޖޭގައި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ ރައީސް ނަޝީދުގެ ލީޑަރޝިޕްގައި 2016 ވަނަ އަހަރުއެވެ.