ޚަބަރު

ޕީޕީއެމް/ޕީއެންސީ ދާއިރާތަކުގެ އިންތިޚާބުގެ ނަތީޖާ އިއުލާންކުރަން ފަށައިފި


އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިންމައި ނަތީޖާ އިއުލާންކުރަން ފަށައިފިއެވެ.

އެ ކޯލިޝަންގެ 87 ދާއިރާއަކަށް ރައީސުންނާއި ނާއިބު ރައީސުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު މާލެ އާއި ބައެއް ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއަދު ހެނދުނު 10 އިން ފެށިގެން އިރު ހަވީރު 5:15 އާ ހަމައަށް އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގެންދިއައެވެ.

އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ދީފައި ވަނީ އެ ކޯލިޝަންގެ ފަރާތުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ކޮމިޓީން ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާސް ލިސްޓުގައި ނަން އޮތް މީހުންނަށް އެކަންޏެވެ.

މި އިންތިހާބުގައި މާލޭގެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ހެންވޭރު ދަނޑުގައެވެ. ވިލިމާލޭގެ ވޯޓުފޮށި ބަހައްޓާފައި ހުރީ ވިލިމާލޭ ޔޫތު ސެންޓަރުގައެވެ. ހުޅުމާލޭ ވޯޓުފޮށި ބަހައްޓާފައި ހުރީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގައެވެ. އަދި ރަށްރަށުގައި ވޯޓުލުން ކުރިއަށް ދަނީ އެރަށެއްގެ ސްޓިއަރިން ކޮމިޓީން ކަނޑައަޅާފައިވާ ތަންތަނުގައެވެ.

އެނެމް ފަހުން ޕީޕީއެމްގެ އަސާސީ ގަވައިދަށް ގެނައި ބަދަލާއިއެކު ދާއިރާތަކުގެ ރައީސުން ވަނީ ޕާޓީގެ ހިންގުމުގެ އޮނިގަނޑުގައި ހިމަނާފައެވެ. އެއީ ޕާޓީގެ ހަ ވަނައަށް އެންމެ ބާރުގަދަ މަގާމެވެ.