ޚަބަރު

"ސްކޭމް 1992" ގެ ޑައިރެކްޓަރުގެ އައު ފިލްމެއް


"ޓޮއިލެޓް-އޭކް ޕްރޭމް ކަތާ" އަދި "އެއާލިފްޓް" ފަދަ ފިލްމުތައް ގެނެސްދީފައިވާ އަބުންދާތިއާ އެންޓަޓެއިންމަންޓާއި "ސްކޭމް 1992" ގެނެސްދިން ޑައިރެކްޓަރު ޖޭ މެހެތާ ގުޅިގެން ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެއެވެ.

ދެ ފަރާތް ގުޅިގެން މިފަހަރު ގެނެސްދީ ހަޤީޤީ ކްރައިމް ސްޓޯރީއަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމާއި ބެހޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖޭ އާއިއެކު ފިލްމު އުފެއްދުމާއި ބެހޭގޮތުން އަބުންދާއީ އެންޓަޓެއިންމަންޓުގެ ސީއީއޯ ވިކްރަމް މަލޯތްރާ ބުނިގޮތުގައި ތަފާތު ވާހަކަތަކަށް ފިލްމުތައް ގެނެސްދިނުމަކީ އަބުންދާތިއާގެ އެއް މަޤްޞަދު ކަމަށެވެ. އަދި ޖޭ އާއިއެކު ވަރަށް މަސައްކަތް ކޮށްލާހިތްވެފައި ހުރި ކަމަށްވެސް ވިކްރަމް ބުންޏެވެ.

މިކަމާއި ގުޅިގެން ޖޭ ވެސް ބުނީ ވިކްރަމް އާއި އޭނާގެ ޓީމާއިއެކު ވަރަށް މަސައްކަތްކޮށްލާހިތްވެފައި ހުރި ކަމަށެވެ. ޖޭ މިހާރު ކުރަމުންދާ މަސައްކަތަކީ ޑިޒްނީ ޕްލަސް ހޮޓް ސްޓަރ އިން ދައްކާ ސިރީޒް "ލުތޭރާ" ރިލީޒްކުރުމުގެ މަސައްކަތެވެ.