ދުނިޔޭގެ ވިޔަފާރި

އިންފްލޭޝަނާއި ގުޅިގެން ބީއެމްޑަބްލިޔު އަށް ގޮންޖެހުންތަކެއް


ހަތަރު ވަނަ ކުއާޓަރުގައި ބީއެމްޑަބްލިއު ކުންފުނީގެ ވިޔަފާރި ރަގަޅުވާނެ ކަމަށް އުންމީދުކުރި ނަމަވެސް، އެކުންފުނީގެ އުފެއްދުންތަކުގެ ޑިމާންޑު ދަށްވުމުގެ ބިރު އެބައޮތްކަމަށް އެމެރިކާގެ ބީއެމްޑަބްލިއު ކުންފުނިން ހާމަކޮށްފިއެވެ.

އެކުންފުނިން ބުނީ، އިންފްލޭޝަން މަތިވެ އިންޓަރެސްޓު ރޭޓު މަތިވުމުގެ ސަބަބުން ކުންފުނީގެ އުފެއްދުންތަކަށް އޮތް ޑިމާންޑު، ހާއްސަކޮށް ޔޫރަޕްގައި އޮތް ޑިމާންޑު ދަށްވެދާނެ ކަމަށެވެ.

މިކަމާއި ގުޅިގެން އެ ކުންފުނީގެ ފައިނޭންސް ޗީފް ނިކޮލަސް ޕީޓާ ވިދާޅުވިގޮތުގައި 2021 ވަނަ އަހަރަށްވުރެ މިއަހަރު ކުންފުނީގެ ވިޔަފާރި ކުޑަކޮށް ދަށްވި ނަމަވެސް އިލެކްޓްރިކް ވެހިކަލްތަކުގެ ވިޔަފާރި ދެގުނަ އިތުރުވާނެއެވެ. އަދި އަންނަ އަހަރުވެސް ކުންފުނީގެ ވިޔަފާރި ރަގަޅުވާނެ ކަމަށް ޕީޓާ ވިދާޅުވިއެވެ. ނަމަވެސް އިންފްލޭޝަން މަތިވެ އިންޓަރެސްޓް ރޭޓުވެސް މަތިވަމުން އަންނާތީ އޭގެ ސަބަބުން އޯޑަރުތަކަށް އަސަރު ކުރާނެ ކަމަށްވެސް ޕީޓާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ކުންފުނީގެ ވިޔަފާރި ޔޫރަޕަށްވުރެ އެމެރިކާ އަދި ޗައިނާ ގައި ރަނގަޅު ކަމަށްވެސް ޕީޓާ ވިދާޅުވިއެވެ. ތިން ވަނަ ކުއާޓަރުގައި ބީއެމްޑަބްލިޔުގެ ފައިދާ ވަނީ ލަފާކުރިވަރަށް ވުރެ އިތުރުވެފައެވެ.

މާލީ ތަފާސް ހިސާބުތައް އާންމުކުރާ ކުންފުންޏެއް ކަމަށްވާ ރިފިނިޓިވް އިން ރިޕޯޓުކުރާ ގޮތުގައި ތިން ވަނަ ކުއާޓަރުގައި ބީއެމްޑަބްލިޔު ގެ އާމްދަނީ ވަނީ 36.49 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ، 35.32 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރު އަދަދެކެވެ.