ކުޅިވަރު

ޕޮގްބާއަށް އަނިޔާވެ ވޯލްޑް ކަޕް ގެއްލިއްޖެ


ގަތަރުގައި ވޯލްޑް ކަޕް ފެށުމަށް ތިން ހަފުތާއަށް ވެފައިވަނިކޮށް ފްރާންސް ޤައުމީ ޓިމުގެ އިތުބާރު މިޑްފީލްޑަރ ޕައުލް ޕޮޮގްބާއަށް މިފަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

އުމުރުން 29 އަހަރުގެ ޕޮގްބާއަށް އަނިޔާވީ މިއަހަރުގެ ޖުލައި މަހު ޔުވެންޓަސްގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އެ ފަހަރު އޭނާގެ ކަކުލުގެ މެނިސްކަސް ވަނީ އިރައިގެން ގޮސްފައެވެ. އޭގެފަހުން ހެދި ޓެސްޓުތަކުން ބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭނެ ކަމަށް ވަނީ އަންގާފައެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ސްކޮޑުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި ޕޮގްބާ އަށް ލިބުނު އަނިޔާއަށް ފަހު ހެދި ޓެސްޓުތަކުން އޭނާގެ އަނިޔާ އެހާ ސީރިއަސް ނޫނެވެ. އެއާއެކު ފަހުން ހެދި ޓެސްޓުތަކުން ފަސް ހަފުތާގެ ތެރޭގައި އެނބުރި ކުޅުމުގެ ތެރެއަށް އާދެވިދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އޭގެ ފަހުން ހެދި ޓެސްޓުތަކުން އޮޕަރޭޝަން ކުރަން ވަނީ ނިންމާފައެވެ.

ޕޮގްބާ މިހާރު ދަނީ އަނިޔާއިން ރަނގަޅުވެ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. ނަމަވެސް އެންމެ އެކަށީގެންވާ ވަރަށް އޭނާގެ ފިޓްނަސް ލެވެލް މަތި ނުވެއެވެ. މިހާތަނަށް އޭނާ ފަރިތަކުރަމުން އަންނަތާ ދިހަ ދުވަސް ވެފައިވާއިރު، އޭނާއަށް ވޯލްޑްކަޕުގައި ވެސް އެކަށީގެންވާ މެޗުތަކެއް ކުޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޕޮގްބާގެ އޭޖެންޓް ރަފައެލާ ޕިމެންޓާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެނބުރި ކުޅުމުގެ ތެރެެއަށް އައި ނަމަވެސް ޕޮގްބާ މިފަހަރުގެ ވޯލްޑް ކަޕުން ނުފެންނާނެ ކަމަށެވެ.

ޕޮގްބާގެ އިތުރުން އެންގޯލޯ ކާންޓޭ ވެސް މިފަހަރުގެ ވޯލްޑްކަޕުގައި ވާދަކުރާ ފްރާންސް ސްކޮޑުން ނުފެންނާނެއެވެ. އެއާއެކު މިފަހަރުގެ ވޯލްޑްކަޕުގައި އެ ޓީމުން ވޯލްޑްކަޕު ހޯދި ޓީމުގެ މުހިއްމު ދެ މިޑްފީލްޑަރުން ވަނީ ގަތަރުގައި ފަށާ މުބާރާތުން ފުރުސަތު ލިބިފައެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ހިލޭ ޓްރާންސްފަރ އެއްގެ ދަށުން ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވީ ހިލޭ ޓްރާންސްފަރއެއްގެ ދަށުންނެވެ. ބެލެވޭ ގޮތުގައި ޕޮގްބާއަށް އެންމެ އަވަހަށް ދެން މެޗެއް ކުޅެވޭނީ އަންނަ އަހަރުގައެވެ.