ކުޅިވަރު

އެސްޓީއޯ އޭދަފުށި ކަޕް: ހައިޝަމްގެ ހެޓްރިކާއެކު ވެލާ ސްޕޯޓްސް ބަލިކޮށް އެމްވީ ޔުނައިޓެޑް ފައިނަލަށް


އެސްޓީއޯ އޭދަފުށި ކަޕް 2022 ގެ ސެމީ ފައިނަލުގައި ހައިޝަމް ހަސަން ހެދި ހެޓްރިކާއެކު ވެލާ ސްޕޯޓްސް ކުލަބު ބަލިކޮށް ފައިނަލުގެ ފަހު ޖާގަ އެމްވީ ޔުނައިޓެޑުން ހޯދައިފިއެވެ.

ފައިނަލުގެ ޖާގަ އެމްވީއިން ކަށަވަރުކުރީ ފަހަތުން އަރާ ވެލާ ސްޕޯޓްސް ކުލަބް 6-3 ން ބަލިކޮށްގެންނެވެ.

ފުރަތަމަ ހާފްގައި ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ވެލާސްޕޯޓްސް ކްލަބުންނެވެ. މެޗް ފެށިގެން 2 ވަނަ މިނެޓްގައި އެޓީމުގެ މި ލަނޑުޖެހީ އޭރިއާތެރެއިން އެޓިމްގެ ކުޅުންތެރިއަކަށް އެމްވީ ޔުނައިޓެޑްގެ ޑިފެންޑަރަކު ކުރި ފައުލްއަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީއިން ގޯލު ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފްއެވެ.

ގިނަ ހަމަލާތަކެއް ދެޓީމްގެ ފަރާތުންވެސް ގޯލަށް އަމާޒު ކުރި މިމެޗްގައި އެމްވީގެ ފުރަތަމަ ލަނޑު ޖެހީ 27 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން އަޙުމަދު އައިހަމްއެވެ.

މެޗްގައި ދެވަނަ ފަހަރަށް ވެލާ އިން ލީޑްނެގީ 41 ވަނަ މިނެޓްގައެވެ. އެލަނޑު ޖެހީ އެޓީމަށް ލިބުނު ކޯނަރެއް ވެލާގެ ފަހަތަށް ކުޅެމުންއަންނަ ރައްޒާން ރަޝީދު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފްގައި ފުރަތަމަ ހާފްގައި ހެދުނު މިސްޓޭކްތައް ރަގަޅުކޮށް އެމްވީ އިން ނުކުމެ 49 ވަނަ މިނެޓްގައި ހަމަހަމަ ކުރިއެވެ. މުއާޒް އަލީގެ މި ލަނޑާއެކު ވެލާ ސްޕޯޓްސް ކްލަބްގެ ހިތްވަރު އެލިގެން ދިޔަތަން ފެނުނެވެ.

އޭގެ ތިން މިނެޓްފަހުން އަނެއްކާވެސް ލަނޑެއްޖަހާ ފުރަތަމަ ފަހަރަށް މެޗްގެ ލީޑް އެމްވީން ނެގިއެވެ. އެލަނޑު އެޓީމަށް ޖަހައިދިނީ މި މެޗްގައި މޮޅު ކުޅުމެއްދެއްކި އަދި އެމްވީ މޮޅުކޮށްދިން ލަނޑުތައް ޖެހައިދިން ހައިޝަމް ހަސަންއެވެ.

މިމެޗްގެ އެމްވީއިން ޖެހި ހަތަރު ވަނަލަނޑާ ފަސްވަނަ ލަނޑުޖެހީވެސް ހައިޝަމް އެވެ. މީ ހައިޝަމް މި މުބާރާތުގައި ހެދި ތިންވަނަ ހެޓްރިކެވެ.

ފަހު ހާފްގައި ގިނަ ހަމަލާތަކެއް އެމްވީ އިން ވެލާގެ ގޯލަށް ފޮނުވާލި މި މެޗްގައި އެޓީމްގެ ފަހު ލަނޑު ޖަހައިދިނީ 72 ވަނަ މިނެޓްގައި ހަސަން ނަޒީމް (ޗޯޓު)އެވެ.

ވެލާއިން ނަތީޖާ ހަމަކުރުމަށް އެޓޭކިން ފުޓްބޯޅައަށް ބަދަލުކޮށްލިއެވެ. އެހެން ނަމަވެސް އެމްވީގެ ޑިފެންޑަރުންނާ، ކީޕަރުގެ ހުޝިޔާރުކަމުން އެއިން އެއްވެސް ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލެވޭގޮތެއް ނުވިއެވެ.

ވެލާއިން ޖެހި ފަހު ލަނޑުޖެހީ މެޗް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުތް އާދަމް ނިޒާމް (ކިތުނާ)އެވެ.

ވެލާ ސްޕޯޓްސް ކްލަބަކީ މި މުބާރާތައް އެންމެ ދުރާލާ ފަރިތަކުރުންތައް ފެށިއެއްޓީމެވެ. މިޓީމްގައި ކްލަބް އޭދަފުށީގެ ގިނައަދަދެއްގެ ކުޅުންތެރިންތަކެއްވެސް ހިމެނެއެވެ.

މި މުބާރާތުގެ ފައިނަލް މެޗްގައި އެމްވީ އިން ވާދަކުރާނީ ހުސްސޮނގުންނާއެވެ. މިމެޗް ކުޅޭނީ 26 ވާ ހުކުރު ދުވަހުއެވެ.