ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ކުއްލިއަކަށް ނިޔާވެއްޖެ


ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެނައި މީހަކު ކުއްލިއަކަށް ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެނައި މީހަކު މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަކަމަށެވެ. އަދި ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.

މިޙާދިސާގައި ނިޔާވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މަރުގެ ސަބަބު ދެނެގަތުމަށް މަސައްކަތްކުރަމުންދާއިރު މިޙާދިސާގެ މަޢުލޫމާތު ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ހިއްސާކޮށް މިޙާދިސާ ތަޙުގީގުކޮށް ދެއްވުމަށް އެދިފައިވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.