ސިއްހަތު

ލޮލުގެ މައްސަލަތައް ދެނެގަތުމަށް ޚާއްސަ ސާރވޭއެއް ފަށައިފި


ރާއްޖޭގެ އާބާދީގެ،50 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން ލޮލުގެ މައްސަލަތައް ހުރިނެތް ގޮތްދެނެގަތުމުގެ ސާރވޭ އެއް ފަށައިފިއެވެ.

ރާބް ނުވަތަ"ރެޕިޑް އެސެސްމަންޓް އޮފް އެވޮއިޑަބަލް ބްލައިންޑްނެސް" ސާރވޭކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މާލެ އާއި އަތޮޅުތެރޭގެ 40 ރަށެއްގައެވެ. ޞިއްޙީދުޅަހެޔޮކަން ފުރިހަމަވެފައި ހުރުމަށްޓަކައި އެންމެ މުޙިއްމު އެއްކަމަކީ ލޮލުގެޞިއްޙަތު ކަށަވަރުވެފައި ހުރުމެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ލޮލުގެ ޞިއްޙަތަށްއަޅާލެވޭ މިންވަރު ކުޑަކަމަށް ފާހަގަކުރެވޭކަމަށް ކަމާއިބެހޭ ޑޮކްޓަރުން ވިދާޅުވެއެވެ.



އާބާދީގެނިސްބަތުން ލޮލުގެ މައްސަލަތައް ހުރި މިންވަރާއި ޚިދުމަތް ލިބުމުގައިހުރިގޮންޖެހުންތަކާބެހޭ އެއްވެސް ދިރާސާ އެއް މިހާތަނަށް ރާއްޖޭގައި ކޮށްފައެއްނުވެއެވެ.

ހެލްތްޕްރޮޓެކްޝަން އެޖެންސީގެ ޕަބްލިކް ހެލްތް ޕްރޮގްރާމް ކޯޑިނޭޓަރ އުބައިދުﷲ ތައުފީޤުވިދާޅުވީ ލޮލުގެ ބަލިތަކާއި ބެހޭގޮތުން މިހާތަނަށްލިބިފައިވަނީ ޑޮކްޓަރަށް ދައްކާ މީހުންނާއި، ލޮލުގެ ސާރޖަރީތައް ހެދިފައިވާމީހުންގެ ތަފާސް ހިސާބު އެކަނިކަމަށާ، މިތަފާސް ހިސާބުތަކުން އާބާދީގެ ނިސްބަތުންލޮލުގެ ބަލިތައް ދެނެނުގަނެވޭކަމަށެވެ. ލޮލުގެ މިފަދަ ސާރވޭތައް ކުރަނީއާއްމުގޮތެއްގައި ޢުމުރުން 50 އަހަރުން މަތީ މީހުންނަށެވެ. އެހެންކަމުން  ރާއްޖޭގައި މިސާރވޭއެއް ކުރުމަށް ހަމަޖެހިފައިވަނީ މިޢުމުރުފުރާގެ މީހުންނަށް އަމާޒުކޮށްގެންނެވެ. އުބައިދުﷲ ތަޢުފީޤު ވިދާޅުވީ މިސާރވޭއާއެކު ލޮލުގެމައްސަލަތައް ހުރި ޢަދަދާއި، ލޮލުގެބަލިތަކާބެހޭ މަޢުލޫމާތުތަކާއި، ލޮލުގެ ބަލިތަކާއި ބެހޭ ޚިދުމަތްތައްހޯދުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެވޭނެކަމަށެވެ. އަދި ސާރވޭ އިން ލިބޭމަޢުލޫމާތުގެ އަލީގައި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރަންޖެހޭ ދާއިރާތައްދެނެގަނެވޭނެކަމަށް އުބައިދުﷲ ތަޢުފީޤު ވިދާޅުވިއެވެ.

މިސާރވޭކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ލޮލުގެ ޚާއްސަ ޑޮކްޓަރުން ހިމެނޭ ޓީމެއްގޭގެއަށް ގޮސްގެންނާއި، އަދި ކަނޑައެޅޭ ވަކި މަރުކަޒެއްގައި ލޮލުގެ ޓެސްޓްތަކެއްހަދައިގެންނާއި، ކުރެވޭ ސުވާލުތަކުންނެވެ. 62 ކްލަސްޓަރގެ މައްޗަށް ބެހިގެން 3100 އަށްވުރެން ގިނަ މީހުން މި ސާރވޭގައި ބައިވެރިކުރުމަށް ވަނީހަމަޖެހިފައެވެ. ސާރވޭގައިޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ މާލެ އާއި އަތޮޅުތެރެއިން ހޮވާލެވޭ ގެތަކަށްއެކަނި ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ދޮށީ އުމުރުގެމީހުންގެ ލޮލުގެ ފެނުމަށް އެންމެ ބޮޑު އަސަރެއްކުރާ އެއްކަމަކީ ލޮލުގެ ލެންސަށްފުސް އެރުން ނުވަތަ ކެޓްރެކްޓްއެވެ. ކަމާއިބެހޭ ޑޮކްޓަރުން ވިދާޅުވާގޮތުގައި މިމައްސަލައަކީ ގިނަފަހަރަށް ޢުމުރުން ދުވަސްވުމުގެ ސަބަބުން އަންނަ ތަބީޢީބަދަލެކެވެ. މިއީ އޮޕަރޭޝަންކޮށްގެން ރަނގަޅުކުރެވޭ ކަމެކެވެ. އެހެންނަމަވެސްދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުން ހުރި ކަންތައްތަކުގެ ސަބަބުން، ޚާއްސަކޮށްދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ލޮލުގެ ލެންސްއަށް ފުސް އެރުން އަވަސްވެތަކުރާރުވެގެންދެއެވެ.

ދިރިއުޅުމުގެވައްޓަފާޅިއާއި ގުޅުންހުރި ލޮލުގެ ބައެއްޔެއްކަމުގައިވާ  ޑައިބެޓިކް ރެޓިނޯޕަތީ ޖެހޭ މީހުންގެ ޢަދަދުބިނާވެފައިވަނީ  އާބާދީގައި ހަކުރުބަލިއިތުރުވާ މިންވަރަށްކަމަށް ކަމާއިބެހޭ ޑޮކްޓަރުން ވިދާޅުވެއެވެ. މީގެ އިތުރަށް ލޮލުގެ މައިނާރަށް ޖެހޭ ބައްޔެއްކަމަށްވާ ގްލޮކޮމާ އަކީވެސް ރާއްޖެއިން ފެންނަ ބައްޔެކެވެ.ސީނިއަރ އޮޕްތަލްމޮލޮޖިސްޓް ޑޮކްޓަރ އަބްދުﷲ ޖުނައިދު ވިދާޅުވީ މިބަލި ޖެހުމުންމައިގަނޑުގޮތެއްގައި ލޭ ދައުރުވާންޖެހޭ މިންވަރަށް ލޭދައުރު ނުވުމުގެ ސަބަބުންއާއްމުކޮށް ލޮލަށް ފެނުމުގައި ސާފު ކަމެއް ނުހުންނާނެކަމަށެވެ.

ދޮށީ އުމުރުގެމީހުންނަށް ދިމާވާ ލޮލުގެ ބަލިތަކުގެ ތެރޭގައި ނަމްބަރު އައިނު އަޅަންޖެހޭފަރާތްތަކުން އައިނު ނާޅާ ހުންނަ މައްސަލަތަކާއި، ލޮލުން ފެން އައުމަކީވެސް އާއްމުކޮށް ދިމާވާ އެހެންނަމަވެސް ފަރުވާކުޑަކޮށްދޫކޮށްލެވިފައިވާކަންކަމެވެ. 

ލޮލުގެ ބަލިތައްމަދުކުރުވުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން އަމާޒުތަކެއް ވަނީ ކަނޑައަޅާފައެވެ.އެގޮތުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއިއެއްގޮތަށް ލޮލުގެ ޞިއްޙަތާ ގުޅޭ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް ބޭސްލައިންސްޓަޑީއެއް ހެދުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.