ދުނިޔެ

ސޫރިޔާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ފުރުސަތު ކުޑަ- ރަޝިޔާ


ސޫރިޔާގައި މިހާރު ބަދަލުކުރަމުންދާ ހަގުރާމަވެރި ޙަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވިދާނޭ ކަމަށާއި ނަމަވެސް އެފަދަ އެއްބަސްވުމެއް ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯވް ވިދާޅުވެއްޖެއެވެ.މިހާރު ޖަރުމަނުވިލާތުގެ މިއުނިކްގައި ކުރިއަށްދާ ސެކިއުރިޓީ ކޮންފަރެންސްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ލަވްރޯވް ވިދާޅުވީ މިފަދަ އެއްބަސްވުމެއް ކާމިޔާބު ވާނޭ ކަމުގެ އުންމީދު ކުޑަކަމަށެވެ.ރަޝިޔާގެ ބޮޑުވަޒީރު ޑިމީޓްރީ މެޑްވެޑޭވް ވެސް ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އަދި، ރަޝިޔާ އާއި މެދު ނޭޓޯއިން ދެކޭ ގޮތަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. މެޑްވެޑޭވް ވިދާޅުވީ އަލަށް ފިނި ހަނގުރާމަ ފަށާފައިވާކަމުގެ އިހްސާސެއް މިހާރު ކުރެވޭ ކަމަށާއި ނޭޓޯއަށް އޮތް އެންމެ ބޮޑު ބިރަކީ ރަޝިޔާކަމަށް އެޖަމާއަތުން ބުނަމުންދާ ކަމަށެވެ. މެޑްވެޑެވް ވަނީ މިއަދުގެ ދުނިޔޭގެ ހާލަތާއި 1962 ވަނަ އަހަރު ދުނިޔެއިން ރަޝިޔާ އާއި މެދު ދެކެމުންދާ ގޮތުގެ އެއްވެސް ތަފާތެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.