ޚަބަރު

މުލިއާގެ ދެކުނު މަގު ފުލުހުން ބަންދުކޮށްފި


ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އަލިކިލޭގެފާނުމަގު ނިމޭ ހިސާބު މުލިއާގެ ދެކުނު މަގު ބަންދުކުރައްވައިފިއެވެ.ފުލުހުން ވިދާޅުވީ، އެމަގު ބަންދުކުރެއްވީ މިއަދު ހެނދުނު 7:14 އެހާކަންހާއިރު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ކަަމަށެވެ. އަދި އެސަރަޙައްދުގައި ފުލުހުންނާއި ސިފައިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެސަރަޙައްދު ބަންދުކޮށްފައިވަނީ އެސަރަޙައްދުން ގޮވާ ޒާތުގެ އެއްޗެއް ފެނިގެންނެވެ. އެހެންނަމަވެސް ފުލުހުންވެސް އަދި ސިފައިންވެސް މިކަން ރަސްމީކޮށް ކަށަވަރުކޮށްދެއްވާފައެއްނުވެއެވެ.ތަފްސީލް އަންނަނީ....