ޚަބަރު

ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ


ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނު، ޖޭއެސްސީ އިން ނިންމައިފިއެވެ.

ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާއާއި ގުޅޭގޮތުން ބަލަމުންދަނީ ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޤަޟިއްޔާގެ އަޑުއެހުންތައް ޖިނާޢީ އިޖުރާތުގެ ޤާނޫނާއި، އަދި ޝަރީޢަތް ކުރުމާބެހޭ ޖިނާޢީ އިޖުރާތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ބުނާ މައްސަލައެވެ.

ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޚްޤީޤުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާތީ، މިމައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.