ކުޅިވަރު

ރާއްޖެގެ ހޭންޑް ބޯލް ޓީމަށް ސެމީގެ ފުރުސަތު ގެއްލިއްޖެ


ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖޭގެ 
ހޭންޑްބޯލް ޓީމަށް ސެމީފައިނަލްގެ ފުރުސަތު ގެއްލިއްޖެ. ސައުތު އޭޝިއަން
ގޭމްސްގައި މިއަދު ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ރާއްޖެ ބަލިވީ 34 ޕޮއިންޓް 27
ޕޮއިންޓުންނެވެ. ފުރަތަމަ ހާފް ނިމުންއިރު 22-11 އިން ކުރީގައި އޮތީވެސް ބަންގްލަދޭޝްއެވެ.




ރާއްޖެ ހިމެނޭ ގްރޫޕުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެއްވަނައިގައި
ސެމީފައިނަލުން ޖާގަ ހޯދީ ބަންގްލަދޭޝްއެވެ. ދެވަނައިގައި ސެމީފައިނަލުން ޖާގަ
ހޯދީ މިއަދު 62ޕޮއިންޓް 5 ޕޮއިންޓުން އަފްޤާނިސްތާންގެ މައްޗަށް ކުރިހޯދި
ޕާކިސްތާނެވެ.



ރާއްޖޭގެ ހޭންޑް ބޯލް ޓީމް ވަނީ މިފަހަރުގެ ގޭމްސްގައި އަފްޤާނިސްތާން
ބަލިކޮށް ބައިނަލްއަޤްވާމީ ފުރަތަމަ މޮޅު ހޯދާފައެވެ. ރާއްޖެ ގޭމްސްގައި ކުޅުނު
ފުރަތަމަ މެޗް ޕާކިސްތާނާ ވާދަކޮށް ނިމުނީ 17 ޕޮއިންޓް 17 ޕޮއިންޓުން
އެއްވަރުވެގެންނެވެ.