ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ. ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
		
			* މުޙައްމަދު ޝާހިދު ޙަލީމް، މ. ޑައިމަންޑްވެލީ      ( ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން)  
* ޙަސަން ޝާކިރު މުޙައްމަދު، ހ. ހުދުފިނިފެންމާގެ    (ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން)  
* ޢަބްދުﷲ، އާރުޒޫ، ގދ. ތިނަދޫ              (ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން) 
* ޑޮކްޓަރ އަޙްމަދު އަންވަރު، ހަސަންކާރިގެ، ސ. މީދޫ  (ތަޢުލީމީ ދާއިރާއިން) 
* އަޙްމަދު ނާޝިދު، ހ. ރަންރިބުދޫ             (ޞިއްޙީ ދާއިރާއިން) 
* މުޙައްމަދު ޒާހިރު، މއ. ކިނާރާހައުސް          (ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން) 
* ޒަރީނާ އަޙްމަދުދީދީ، ކުމުންޒާނިގެ، ސ. ފޭދު       (އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން) 
* އަޙްމަދު ޢަލީމަނިކު، ގ. ވިޔަވަތި             (އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން) 
* މުޙައްމަދު ޞާލިޙް، މ. ޝުއާޒް              (ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން)  
* ޢާބިދާ އިސްމާޢީލް ޢަލީ، މ.ކަނޑޫކުރި           (މަސައްކަތްތެރިކަމުގެ ދާއިރާއިން ) 
		
										
										
										
										
										
										
										
			* އަލްޤާރީ މުޙައްމަދު ވަޙީދު، އޯކިޑްވިލާ، ރ. ހުޅުދުއްފާރު (ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުން) 
*  އައްޝައިޚް އިލްޔާސް ޙުސައިން، ސިޕަރ، ސ. ހިތަދޫ (އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން )
*  ޑޮކްޓަރ ޢަލީ ޒާހިރު، މ. ހިތިމާގެ (އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން)
* އިބްރާހީމް މަމްދޫޙް، ސީނާ، ރ. ރަސްމާދޫ ( ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން؛ ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން)
* ޢަލީ ނަޞީރު، ހ. ވުޑްލޭންޑް ( ތަޢުލީމީ ދާއިރާއިން؛ ތަޢުލީމު އުނގަންނައިދިނުމުގެ ރޮނގުން) 
* މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން)
 
* ޢާއިޝަތު ޒަޢީމާ، ހުސްނޫވިލާ، މ.މުލައް ( ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އުފެއްދުމުގެ ރޮނގުން )
* އަލްއުސްތާޛާ މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ ( ޤާނޫނީ ދާއިރާއިން؛ ޤާނޫނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން)
* އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197) ( ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތަޢާރުފުކުރުމުގެ ރޮނގުން)  
* މަރްޔަމް ނޫރައްދީން، މ.ތާނގީދޮށުގެ ( ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުޤުވެރިކުރުވުމަށާއި، ދިވެހީން އަހުލުވެރި ކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން ) 
* ޢަބްދުﷲ ޢަލީ، ރަބީޢުގެ، ށ. ފުނަދޫ ( އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމުގެ (ވޮލަންޓިއަރިޒަމް) ރޮނގުން )
* ޢަލީ ޔޫސުފް، ހިތަށްފިނިވާގެ، ޅ. ނައިފަރު ( އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ލޭ ހަދިޔާކުރުމުގެ ރޮނގުން ) 
* މުނި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް (ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން؛ ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން)  
* ޢަދީލް އިސްމާޢީލް، މ. ސަންބީމް ( ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ ވިޔަފާރީގެ ގޮތުގައި އެކިއެކި މަސައްކަތްކުރުމުގެ ރޮނގުން) 
* ޖޫދީ ޚާލިދު، ހ. ވަޅުފެހި ( މަސައްކަތްތެރިކަމުގެ ދާއިރާއިން؛ އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން)  
* ފަހުދު ފާއިޒް، މ. ގްލެންވިލާ (ޑައިވިންގގެ ދާއިރާއިން؛ ރިކްރިއޭޝަނަލް ޑައިވިންގގެ ރޮނގުން)
* ޢާއިޝަތު އިބްރާހީމް، ހ. ކުއްޅަވަށްގަސްދޮށުގެއާގެ ( ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން؛ ދިވެހީން ބިނާކޮށް އެމީހުން މަސައްކަތަށް ނެރުމުގެ ރޮނގުން)  
* މުޙައްމަދު ޙަމްދޫން، އަތިރީގެ، ސ. ހުޅުދޫ (ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ޒިންމާދާރު ނޫސްވެރިކަންކުރުމުގެ ރޮނގުން) 
* ސާރޖަންޓް މޭޖަރ އިސްމާޢީލް މާދީ، މއ. ބެލްޖިއަމްގެ ( ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނުކުރުމުގެ ރޮނގުން)  
* މުޙައްމަދު ޖައުޝަން ޝަރީފް، މ. ސެންޑްރޯސް ( ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން)  
* ޑީ ޓިއުން ބޭންޑް ( ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ މިޔުޒިކް ކުޅުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން)  
* ޙަސަން ފަރުޙާން މުޙައްމަދު، މ. މިޓްރީޕާރކް ( ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން)   
		
			މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.