ސިއްހަތު

އިންޑިއާ ހެލްތް އެކްސްޕޯ ހުޅުވައިފި


އިންޑިޔާގެ 19 ހޮސްޕިޓަލަކާއިއެކު "އިންޑިޔާ ހެލްތް އެކްސްޕޯ" ހުޅުވައިފިއެވެ.

ރާޢްޖޭގައި ހުންނަ
އިންޑިއާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މި ހެެލްތް އެކްސްޕޯ ހުޅުއްވައިދެއްވީ ހެލްތް
މިނިސްޓަރ އިރުތިޝާމް އާދަމް އަދި ރާއްޖޭގައި ހުންނަވާ
އިންޑިއަން ހައިކޮމިޝަނަރ އަކިލޭޝް މިޝްރާއެވެ.





އިންޑިޔާ ހައި
ކޮމިޝަނުން އިންތިޒާމުކުރައްވައިގެން ކުރިއަށްގެންދާ ހެލްތް އެކްސްޕޯ ހުޅުވުމުގެ
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިިނިސްޓަރ އިރުތިޝާމް އާދަމް ވަނީ
ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އިންޑިޔާ އިން ފޯރުކޮށްދޭ އެހީތެރިކަން
ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން ސިއްޙީ ދާއިރާގައި ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައި
އިންޑިޔާ އިން މިފަދަ އެކްސްޕޯ އެއް ބޭއްވުމުގެ މުޙިއްމުކަން މިނިސްޓަރ
ފާހަގަކުރެއްވިއެވެ.  





މިރަސްމިއްޔާތުގައި
ވާހަކަފުޅުދައްކަވަމުން ރާއްޖޭގައި ހުންނަވާ އިންޑިއަން ހައިކޮމިޝަނަރ އަކިލޭޝް
މިޝްރާ ވިދާޅުވީ ރާއްޖެ އާއި އިންޑިޔާއާއި ދެމެދު އޮންނަ ގުޅުމުގައި އެންމެ
އިސްކަމެއްދޭ އެއް ކަމަކީ ސިއްޙީ ދާއިރާއަށްކަމަށާއި ރާއްޖޭގެ ސިއްޙީ ދާއިރާ
ކުރިއެރުވުމުގައި ދެމިއޮންނާނެކަމަށެވެ. އަދި ރައްޔިތުންނަށް
އެކަށީގެންވާ ސިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނީ އެއް ޤައުމު އަނެއް ޤައުމަށް
އެހީތެރިވެދީގެންކަމަށެވެ.



ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބައްލަވާލައްވަމުން،
ރާއްޖޭގެ ރަށްތައް ބެހިފައިވާގޮތުން ސިއްޙީ ޚިދުމަތްތައް ފޯރުވައިދިނުމުގައި ހުރި
ދަތިތަކާއެކުވެސް ރާއްޖެއިން ހޯދަމުންދާ ކާމިޔާބީ ހައި ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި
ކުދި އާބާދީތަކަށް މަތީ ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުވައިދިނުމުގައި ފަހުގެ
ޓެކްނޮލޮޖީތައް ބޭނުންކުރެވިދާނެކަން ފާހަގަކުރެއްވިއެވެ.





ހެލްތް
އެކްސްޕޯގައި އިންޑިއާގެ މަޝްހޫރު 19 ހޮސްޕިޓަލަކުން ބައިވެރިވެއެވެ. އާއްމުކޮށް
ހުޅުވާލައިގެން ކުރިއަށްގެންދާ މިއެކްސްޕޯގައި ޑޮކްޓަރުން ބައިވެރިވެ މައުލޫމާތު
ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ވަގުތުން
ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ހެދުމާއި ހޮސްޕިޓަލްތަކުން ލިބެން
ހުންނަ ފަރުވާތަކުގެ މަޢުލޫމާތާއި ސިއްޚީ ޚިދުމަތް ހޯދުމުގައި ޑިސްކައުންޓް
ޕެކޭޖްތަކެއް ލިބިގެންދާނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން މައުލޫމާތުދެއްވައެވެ.



މި އެކްސްޕޯގެ
އިތުރަށް ކުރިއަށްގެންދާ މެޑިކަލް ކޭމްޕްގައި އިންޑިޔާގެ ބެންގަލޫރުގެ އެންޔޫ
ހޮސްޕިޓަލާއި، މުމްބާއީ ހޮސްޕިޓަލެއްގެ 3 ދާއިރާއެއްގެ ސުޕަރ ސްޕެޝަލިސްޓް
ޑޮކްޓަރުން އައިޖީއެމްއެޗްގައި ބަލިމީހުން 
ބެލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފެބްރުއަރީ 14 އިން 18 އަށް އެކިދުވަސް
ތަކަށް ބަހާލައިގެން ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު މިކޭމްޕްގެ ތެރޭގައި
ލިބިގެންދާނެކަމަށް އިންޑިއަން ހައިކޮމިޝަނުން ވިދާޅުވެއެވެ.



މިރޭގެ ރަސްމިއްޔާތުގައި
"އިންޑިއާ މޯލްޑިވްސް - ޕާޓްނަރޒް ފޮރ އަ ހެލްދިއަރ ފިއުޗަރ" ގެ ނަމުގައި ފޮތެއްވެސް ވަނީ އިފްތިތާހް
ކޮށްފައެވެ.