ކުޅިވަރު

ރާއްޖޭގެ ހޭންޑްބޯލް ޓީމް ފައިނަލްއަޤްވާމީ ފުރަތަމަ މޮޅު ހޯދައިފި


ބޮޑު ތަފާތަކުން އަފްޤާނިސްތާން ބަލިކޮށް ރާއްޖޭގެ ހޭންޑް ބޯލް ޓީމް
ބައިނަލްއަޤްވާމީ ފުރަތަމަ މޮޅު ހޯދައިފިއެވެ. 12ވަނަ ސައުތު އޭޝިއަން ގޭމްސްގައި
މިއަދު ގްރޫޕްގެ ދެވަނަ މެޗް ރާއްޖެ ކާމިޔާބުކުރީ 48ޕޮއިންޓް 13ޕޮއިންޓުންނެވެ.



މެޗްގެ ފުރަތަމަ ހާފް ރާއްޖެ ނިންމާލީ 17 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ރާއްޖެ
ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗް ނިމުނީ އެއްވަރުވެގެންނެވެ. ގޭމްސްގެ ސެމީފައިނަލުން ޖާގަ ހޯދުމަށް ރާއްޖެ މާދަމާ ނިކުންނާނީ
ބަންގްލަދޭޝްއާ ދެކޮޅަށެވެ. މިމެޗުން ކުޑަތަފާތަކުން ބަލިވި ނަމަވެސް ރާއްޖެއަށް
ސެމީފައިނަލުން ޖާގަ ލިބޭނެއެވެ.



މެޗަށްފަހު ރާއްޖޭ ޓީމްގެ ކޯޗް ހަމްޒަތު ހުސެއިން ބުނީ މިއީ ރާއްޖެއަށް
ފެށުމެއް ކަމަށާއި، ސެމީއަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ބޮޑު ކަމަށެވެ.



" މިއީ ފެށުމެއް ރާއްޖެއަށް. ބޭނުންވަނީ ހިތްވަރާއެކު ކުޅުން. ރާއްޖޭ
ކުލުންތެރިންގެ ކިބައިގައި މަދުވަނީ ހަމައެކަނި މެޗް ތަޖުރިބާ" ކޯޗް
ބުންޏެވެ.



ރާއްޖެއާ ބަންގްލަދޭޝްއާ މާދަމާ ވާދަކުރާއިރު ރާއްޖޭގެ ކޯޗް ހަމްޒަތު
ހުސެއިން އަކީ ބަންގްލަދޭޝް ޓީމްގެ ކުރީގެ ކޯޗެވެ.