ކުޅިވަރު

ފްރެއިބާގް އަތުން ބަޔާނަށް ފަސޭހަ މޮޅެއް


ޖަރުމަން ލީގުގައި ފްރެއިބާގާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗް ބަޔޭން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް ބަޔާންއެވެ. މި މެޗްްގައި ބަޔާންގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހާ އެޓީމަށް ލީޑު ނަގާދިނީ ސަރޖީ ގިނެބްރީއެވެ. އަދި މެޗްގެ 33 ވަނަ މިނެޓްގައި ބަޔާންގެ ލީޑު ފުޅާކޮށްދިނީ އެރިކް މެކްސިމް ޗޯޕޯ މޯޓިންގއެވެ.

މި މެޗްގައި ބަޔާންގެ ތިންވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހާދިނީ ލިރޯއި ސާނޭއެވެ. މެޗްގައި ބަޔާންއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އޭގެ ތިން މިނެޓްފަހުން ޖަހާދިނީ ސާޑިއޯ މާނޭއެވެ. އަދި މި މެޗްގައި ބަޔާންގެ ފަހު ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހާދިނީ މާސެލް ސަބިޓްޒަރއެވެ. މީގެ އިތުރުންވެސް މި މެޗްގައި ލަނޑު ޖަހާނެ ފުރުސަތު ބަޔާންއަށް ލިބިގެންދިޔައެވެ.

މި ކާމިޔާބީއާއެކު ބަޔޭން މިހާރު އުޅެނީ ކުޅުނު 10 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލްގެ 2 ވަނައިގައެވެ. އަދި ފްރެއިބަރގް އުޅެނީ 18 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.

ބުންޑަސްލީގާގެ ތާވަލްގެ އެއްވަނައިގާ އުޅެނީ 10 މެޗުން 23 ޕޮއިންޓް ހޯދާފައިވާ ޔޫނިއަން ބަރލިންއެވެ. ޔޫނިއަން ބަރލިން އިން ވަނީ ރޭ ބޮރޫޝިއާ ޑޯޓްމުންޑާއި ބައްދަލުކުރިމެޗް 2-0 އިން ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީއާއެކު ޔޫނިއަން އިން މިވަނީ ޕޮއިންޓް ތާވަލްގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.