ޚަބަރު

އެސްޓީއޯއިން "ހެއްޔާ މަކިޓާ" ޕްރޮމޯޝަން ފަށައިފި


އެސްޓީއޯއިން ހެއްޔާ މަކިޓާ ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯގެ މަކިޓާ ޝޯވ ރޫމްގައެވެ.

މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން %30އާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. އަދި މިޕްރޮމޯޝަންގެ ދަށުން އެއް މަސް ދުވަހުގެ މުއްދަތަށް "ހެއްޔާ މަކިޓާ މުބާރާތް 2022"ގެ ނަމުގައި މުބާރާތެއް ކުރިއަށްދާނެ ކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތުދެއްވައެވެ.

ހެއްޔާ މަކިޓާ މުބާރާތަކީ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހި މަސައްކަތްތެރިންގެ ފަންނުވެރިކަން، ވާދަވެރި މާހައުލެއްގައި އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް، ކުރިއަށްދާނެ މުބާރާތެކެވެ. މިމުބާރާތުގެ މަޤްސަދަކީ ވަޑާން މަސައްކަތުގެ ދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއަށް ނެރެދީ، އެފަރާތްތަކުގެ މަސައްކަތްތައް ދައްކާލެވޭނެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅުމަށް މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، ރަޖިސްޓޮރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމްއިންނާއި އެސްޓީއޯ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މިމުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށަހެޅުމަށް އެއް މަސްދުވަހުގެ މުއްދަތެއް ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

ރަޖިސްޓްރޭޝަން ފޯމް ހުށަހެޅޭނެ ގޮތްތައް:

  • ވައިބާ: 7980240
  • އީމެއިލް: [email protected]
  • އެސްޓީއޯ މަކީޓާ ޝޯރޫމް ކައުންޓަރަށް

މިމުބާރާތުގައި ބައިވެރިކުރުމަށް ހުށަހަޅާ ތަކެތި ފަރުމާކުރެވިފައި ހުންނަންވާނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓުއަށެވެ. އަދި ބައިވެރިކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށްދާ ފަރާތަކަށް 50000ރގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރއެއް ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. ދެވަނަ އިނާމަކަށް 30000ރގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރއެއް ލިބޭއިރު، 3 ވަނަ އިނާމްއަކަށް 15000 ރުފިޔާގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރ ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ