ކުޅިވަރު

ފައިނަލްގައި ދުވީ އަނިޔާގައިހުރެ، ގޭމްސް ކާމިޔާބު - ސާއިދު


12ވަނަ ސައުތު އޭޝިއަން ގޭމްސްގައި
ލިބުނު ދެމެޑަލާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި، ފައިނަލްއި ދުވީ އަނިޔާގައި ހުރެ
ކަމަށް ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފިއެވެ.



ފައިނަލަށްފަހު ވާހަކަދައްކަމުން ސާއިދު ބުނީ މިފަހަރުގެ ގޭމްސް ކާމިޔާބު
ކަމަށާއި، އުއްމީދު ކުރީ ރަންމެޑަލަކަށް ކަމަށެވެ. ނަމަވެސް ދެ ރިހި މެޑަލް
ޤައުމަށް ހޯދަދެވުން އެއީވެސް ބޮޑު ކާމިޔާބެއް ކަމަށް ސާއިދު ބުންޏެވެ. ނަމަވެސް
ފައިނަލްގައި ދުވަން ޖެހުނީ އަނިޔާގައި ހުރެ ކަމަށްވީތީ ބޭނުންވި ގޮތައް ރޭސް
ނުނިންމުނީކަމަށް ސާއިދު ބުންޏެވެ.



" މިފަހަރު މިލިބުނީ ދެ ރހި މެޑަލް. އަޅުގަނޑަށް މިއީ ހަމަ ދެ ރަންމެޑަލް. 200 މީޓަރ ދުވުމަށް ވަރމްއަޕް ކުރަނިކޮށް ބުރަކަށްޓަށް އަނިޔާވީ.
އެހެންވެ ފުރަތަމަ ހީޓްގައިވެސް ދުވީ އަނިޔާގައި ހުރެ. އެއަށްފަހު 2 ގަޑިއިރު
ފަހުން ފައިނަލްގައި މިދުވީ ޓޭޕް އަޅައިގެން" ސާއިދު ބުންޏެވެ.



200މީޓަރު ދުވުމުގެ ފައިނަލް ސާއިދު ނިންމީ 21.15 ސިކުންތުންނެވެ. ފައިނަލުން
ސާއިދު ޖާގަ ހޯދީ އެއްވަނައިގައި ހީޓް ނިންމައިގެންނެވެ.



ސާއިދު މިފަހަރުގެ ގޭމްސްގައި ރިހި މެޑަލް ފުރަތަަމަ ހޯދީ 100 މީޓަރު
ދުވުމުންނެވެ.