ރާއްޖެއަށް މިހަރު ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ 2 ސަރަޙައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
މިއަދު 13:50އިން ފެށިގެން 17:30އާ ހަމައަށް ށ.އަތޮޅުންފެށިގެން ޅ.އަތޮޅަށް، އަދި ވ.އަތޮޅުންފެށިގެން ގއ.އަތޮޅަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މިއާއެކު ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހަރު ކުރަމުންދާ ވިއްސާރާގައި އިތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ށ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިހަފްތާގައިވެސް މުޅި ރާއްޖެއަށް ވަރަށްބޮޑަށް ވިއްސާރަކުރާނެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.
ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭ ބައެއް ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައަރާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.