ޚަބަރު

ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް އިބްރާހީމް މާހިރު


ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމަށް އެކޯޓުގެ ޤާޟީ ރ.އަލިފުށި، މެޑޯޒް، އަލްއުސްތާޛު އިބްރާހީމް މާހިރު އައްޔަން ކުރުމަށް ނިންމައިިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވީ ފެމިލީ ކޯޓަށް އިސް ޤާޟީއަކު ހޯދުމަށް ކޮމިޝަނުން ކުރި އިއުލާނުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއު ކުރުމަށްފަހު އެޤާމަށް މާހިރު އައްޔަން ކުރުމަށް ލަފާދީފައިވަކަމަށެވެ.

2005 ނޮވެންބަރު 09ވަނަ ދުވަހު ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރި އަލްއުސްތާޛު އިބްރާހީމް މާހިރު އެންމެފުރަތަމަ ހުންނެވީ މަދަނީ ކޯޓުގައި ފަނޑިޔާރުކަމުގެ މަޤާމުގައެވެ. އެއަށްފަހު ފެމިލީ ކޯޓުގެ ޤާޟީކަމަށް ބަދަލުވެފައިވަނީ 2010 މައި 23އެވެ.

ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި 12 އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއްގައި އަލްއުސްތާޛު އިބްރާހީމް މާހިރުވަނީ ޚިދުމަތް ކުރައްވާފައެވެ.