ކުޅިވަރު

200މީޓަރު ދުވުމުންވެސް ސާއިދުއަށް ރިހި މެޑަލް


200މީޓަރު ދުުވުމުންވެސް ރާއްޖޭގެ
ހަސަން ސާއިދު ރިިހި މެޑަލް ހޯދައިފިއެވެ. 12ވަނަ ސައުތު އޭޝިއަން ގޭމްސްގެ
200މީޓަރު ދުވުން ސާއިދު ނިންމީ 21.15 ސިކުންތުންނެވެ.



އެއްވަނައަށް ދިޔައީ ލަންކާގެ އެތުލީޓެކެވެ. ލަންކާގެ ސުރަން ފައިނަލް ހީޓު
ނިންމީ 21.00ސިކުންތުންނެވެ. ހަސަން ސާއިދު ފައިނަލުން މިއަދު ޖާގަ ހޯދީ އެއްވަނައިގައި ހީޓް ނިންމައިގެންނެވެ.



ސާއިދުވަނީ މިފަހަރުގެ ގޭމްސްގައި ރާއްޖެއަށް 100މީޓަރު ދުވުމުންވެސް ރިހި
މެޑަލް ހޯދާފައެވެ. މިއާއެކު މިފަހަރުގެ ގޭމްސްގައި ރާއްޖެއަށް ލިބުނު މެޑަލްގެ
އަދަދަކީ ތިނެކެވެ.