ކުޅިވަރު

ޝޫޓިންގ ޓީމްގެ ހުސެއިން ފަޔާޒް ޤައުމީ ރެކޯޑް އާކޮށްފި


12ވަނަ ސައުތު އޭޝިއަން ގޭމްސްގެ ޝޫޓިންގ 50 މީޓަރ ޕްރޯންބައިގެ ޤައުމީ ރެކޯޑް ކޯޕްރަލް ހުސެއިން ފަޔާޒް މުގުރާލައިފި.މިއަދު ހެނދުނު ފަޔާޒް ވަނީ 50މީޓަރ ޕްރޯންބައިގެ ފައިނަލުންވެސް ޖާގަ ހޯދާފަ. ނަމަވެސް ފައިނަލުން ފަޔާޒް ދިޔައީ އަށްވަނައަށެވެ. ފަޔާން ފައިނަލުން ޖާގަ ހޯދީ ކޮލިފިކޭޝަން ރައުންޑް 4 ވަނައިގައި ނިންމައިގެންނެވެ.މީގެ ކުރިން 50މީޓަރ ރެކޯޑް އޮންނަނީ ހަސަން އަބްދުލް ޤަފޫރު އަތުގައެވެ. އޭނާގެ ރެކޯޑަކީ 606.3 ޕޮއިންޓެވެ. ހުސެއިން ފަޔާޒްގެ ރެކޯޑަކީ 610.6 ޕޮއިންޓެވެ.މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ބައިވެރިވެފައިވަނީ ފިރިހެން ރައިފަލް ޝޫޓިންގއާއި، އަންހެން ޕިސްޓަލް ބައިގައެވެ. އަންހެން ޕިސްޓަލް ޓީމްގެ ފުރަތަމަ އިވެންޓް އޮންނާނީ މިމަހުގެ 13ވަނަ ދުވަހުއެވެ.